ޔޫކޭގެ ހޮސްޕިޓަލުގައި ޑިސްޕޮސިބަލް ބުރުގާ ބޭނުން ކުރަން ފަށައިފި
ޔޫކޭ ހޮސްޕިޓަލެއްގައި ޑިސްޕޮސިބަލް ބުރުގާއެއް ތައާރަފްކޮށް ބޭނުންކުރަން ފަށައިފިއެވެ. ހޮސްޕިޓަލުގެ އޮޕަރޭޝަން ތިއޭޓަރުގައި އުޅޭ މުސްލިމު ޑަކްޓަރުންނަށް ހާއްސަކޮށް ތައްުޔަރުކޮށްފައިވާ މި ބުރުގަލަކީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ މުސްލިމް ޑަކުޓަރެއްކަމަށްވާ ފަރަހް ރޮސްލަންގެ ހިޔާލެކެވެ. އެގޮތުން އެ ހިޔާލު އައީ ހޮސްޕިޓަލުގައި އުޅޭއިރު މުޅި ދުވަހު އެއް ބުރުގަލެއް އަޅައިގެން އުޅުމުގެ ސަބަބުން އިންފެކްޝަން އުފެދިދާނެތީއެވެ. މެޑިކަލް ސްޓުޑެންޓެއްގެ ގޮތުގައި ޔުނިވާސިޓީ ހޮސްޕިޓަލްސް އޮފް ޑާރބީ އެންޑް...