36 ސްކޫލެއްގެ ޕްރިންސިޕަލްގެ މަގާމަށް ކުރިމަތިލުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިއުލާން ކޮށްފިއެވެ.

އިއުލާން ކޮށްފައިވާ ސްކޫލްތަކުގެ ތެރޭގައި، ހއ. ފިއްލަދޫ ސްކޫލް، ހއ. މޮޅަދޫ ސްކޫލް، ހއ. ބާރަށު ސްކޫލް، ހއ. އަތޮޅު ތައުލީމީ މަރުކަޒު، ހދ. ފިނޭ ސްކޫލް، ހދ. ނޭކުރެންދޫ ސްކޫލް، ށ. ފީވަކު ސްކޫލް، ށ. ބިލެއްފަހި ސްކޫލް، ށ. ފޭދޫ ސްކޫލް، އަދި ށ. ނޫމަރާ ސްކޫލް ހިމެނެއެވެ. މި އިއުލާނުގައި އެމްއެސް2 ގެ ރޭންކްއިން ފެށިގެން އީއެކްސް6 ގެ ރޭންކް އާ ހަމައަށް ހިމަނާފައިވެއެވެ.

Ad
rt

އަސާސީ މުސާރަ އާއި ސާވިސް އެލަވަންސްގެ އިތުރުން އެހެނިހެން އެލެވެންސްގެ ގޮތުގައި:

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3. ހަމަޖެހިފައިވާ ގޮތުގެ މަތިން ޓެނުއަރޝިޕް.

4. ހަމަޖެހިފައިވާ ގޮތުގެ މަތިން ފޯން އެލަވަންސް.

5. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

6. ޓެކްނިކަލް ކޯ އެލަވަންސް ހަމަޖެހިއްޖެނަމަ، ޓެކްނިކަލް ކޯ އެލަވަންސްގެ ގޮތުގައި މަހަކު މުސާރައިގެ %28 ލިބޭނެ (ޓެކްނިކަލް ކޯ އެލަވަންސް ލިބޭނެ ކޯ ޑިސިޕްލިން އަކީ އެޑިއުކޭޝަން، ސްޕެޝަލައިޒްޑް ސަބްޖެކްޓް އަދި ޓީޗިންގ) ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހިއްޖެނަމަ ސަޕޯޓިންގް ކޯ އެލަވަންސް ގޮތުގައި މަހަކު ތިރީގައިވާ ގޮތަށް ސަޕޯޓިންގ ކޯ އެލަވަންސް 2 ހަމަޖެހޭނެއެވެ.

މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން ވަޒީފާ އަށް އެދޭފޯމް ފުރުމަށްފަހު މަގާމަށް އެދި ހުށައަޅާނީ12 ޑިސެމްބަރ2019 ވާ ބުރާސްފަތި ދުވަހުގެ13:30 ގެ ކުރިން މިނިސްޓްރީ އޮފް އެޑިއުކޭޝަން (ވެލާނާގެ8 ވަނަ ފަންގިފިލާ) އަށެވެ.