ބޭންކް އޮފް މޯލްޑިވްސްގެ ދޯނި ބޭންކިންގ ޓީމް ހދ. އަތޮޅުގެ ރަށްތަކަށް ދަތުރުކުރާގޮތުގެ ތާވަލް އިއުލާން ކޮށްފިއެވެ.
އެގޮތުން ޑިސެމްބަރު 8 ވާ އާދިއްތަ ދުވަހު، މަކުނުދޫ އަދި ވައިކަރަދޫ އަށް ދާގޮތަށް ވަނީ ހަމަޖެހިފައެވެ.9 ވާ ހޯމަ ދުވަހު، ނޮޅިވަރަމް، ނޮޅިވަރަންފަރު، އަދި ނެއްލައިދޫ އަށް ދާއިރު، އަންގާރަ ދުވަހު ވަނީ ކުމުންދޫ އަދި ނޭކުރަންދޫއަށް ދާގޮތަށް ހަމަޖެހިފައެވެ.
11 ޑިސެމްބަރުވާ ބުދަ ދުވަހު، ފިނޭ، ހިރިމަރަދޫ، ނައިވާދޫ އަދި ކުރިނބީ އަށް ދާން ހަމަޖެހިފައިވާއިރު ބުރާސްފަތި ދުވަހު ހަނިމާދޫ އަށް މި ޓިމް ދިއުމަށް ވަނީ ހަމަޖެހިފައެވެ.
މި ތާވަލަށް ބަދަލެއް ގެންނަށް ޖެހިއްޖެނަމަ ޓީމްގެ ފަރާތުން އެކަން ރަށްރަށަށް އަންގާނެއެވެ. އަދި ލޯނަށް ފައިސާދެއްކުމަށް ވަޑައިގަންނަވާ ފަރާތްތަކުން، އެންމެ ފަހުން ފައިސާ ދެއްކި ސްލިޕް ގެންނެވުމަށް ބޭންކް އޮފް މޯލްޑިވްސްއިން ހަނދުމަފުޅުކޮށް އަރުވައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!