ގިނަ ރިސޯޓުތަކުން ސާވިސް ޗާޖު ދެނީ ރަނގަޅަށް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުމުން ރިސޯޓުތަކުގައި މަސައްކަތްކުރާ ދިވެހި މުވައްޒަފުންގެ ފާޑުކިޔުން އޭނާއަށް އަމާޒު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާ އަޑު ގަދަ ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ އެ މިނިސްޓްރީން ހެދި ދިރާސާތަކުންނާއި މިނިސްޓްރީއަށް ލިބިފައިވާ ރެކޯޑުތަކުން ރިސޯޓުތަކުގެ ސާވިސް ޗާޖު ދޭ މިންވަރު ރަނގަޅު ކަމަށާއި އަދި އެކަމާ ދެކޮޅަށް "ފޭކް ޓޫވިޓަރ އެކައުންޓްތައް" ތަފާތު ވާހަކަ ފަތުރާތީ ދެރަވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ރާއްޖޭގެ ވިޔަފާރި ކުންފުނިތައް ނުވަތަ މި ކަމަށް އިންވެސްޓް ކޮށްގެން ތިބި ދިވެހި ވިޔަފާރިތަކާއި ބޭރުގެ ވިޔަފާރިތަކުން ސާވިސް ޗާޖު ދިނުމާއި ދިވެހިން ހިފެހެއްޓުން ރަނގަޅު. ބައެއް ފަހަރު ރިސޯޓުން ކަނޑާލީމާ އެ ކުއްޖާ ދައްކާ ވާހަކަ މެއިން ސްޓްރީމް މި ވަނީ. މި ޝަކުވާތައްކޮށް ގިނަ ފަހަރު ޓްވީޓު ކޮށްފައި ވެސް ހުންނަނީ ވަގު އެކައުންޓުތަކުން،"
އަލީ ވަހީދު ވިދާޅުވި އެވެ.
މި ވާހަކަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ރިސޯޓުތަކުގެ ބައެއް މުވައްޒަފުން ވަނީ ޓޫރިޒަމް މިނިސްޓަރަށް ވަރަށް ބޮޑަށް ފާޑުކިޔާ ނުރުހުމުގެ އަޑުތައް ގަދަވަމުންނެވެ.
އަލީ ވަހީދުގެ ވާހަކަތާ ގުޅިގެން "ރިސޯޓު ބޯއިސް"ގެ ނަމުގައި ހިންގާ ފޭސްބުކް ޕޭޖަކުން ކޮށްފައިވާ ޕޯސްޓެއް--
ފާޑު ކިޔުންތަކާ ގުޅިގެން ނޫސްވެރިން ގޯސްކުރައްވާ އަލީ ވަހީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަބަރު ފަތުރަނީ އަސްލު ގެއްލޭ ގޮތަށް ކަމަށެވެ. އަދި މި ސަރުކާރުން ޓޫރިޒަމް ދާއިރާގެ ހުރިހާ ސްޓޭކް ހޮލްޑަރުންގެ ހައްގުތައް ވެސް ރައްކާތެރިކުރާނެ ކަމަށް ވިދާޅުވި އެވެ.
"މިއަދުގެ ނިއުސް ކޮންފަރެންސްގައި ދެއްކި މުޅި ވާހަކައިގެ އަސްލު ގެއްލޭ ގޮތަށް ރައްޔިތުން މިސްލީޑް ކުރާތީ ހިތާމަކުރަން،"
Miadhuge news conferencega dhekki mulhi vaahakaige aslu gelley gothah rayyithun mislead kuraathee hithaama kuran. Tourism industryge hurihaa stakeholdersge haqquthakah mi sarukaarun equally respect kuraane adhi himaayaiy kuraane.
— Ali Waheed (@ali20waheed) December 25, 2019
ޓްވީޓްގައި އަލީ ވަހީދު މިހެން ލިއުއްވުމުން މިޓުވީޓަށް އެތައް ރިސޯޓު މުވައްޒަފުންވަނީ ރައްދު ދެއްވާފަ އެވެ.
މިމޭރުމުން އަލީވަހީދު ޓުވީޓު ކުރުމުން ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުން ވަނީ ފާޅުގައި އަލީ ވަހީދުއަށް ފާޑު ކިޔާފައެވެ. އެގޮތުން އެކަކު ބުނެފައިވަނީ "މީރު އައިލެނޑް ރިސޯޓް އަށް ގޮސް އުއްޗުއާއި މީޓްކޮށްފަ ދެން ނިކުމެގެން އައިސް މިކިޔަނީ ސާވިސް ޗާޖު ރަނގަޅޭ" އުއްޗުގެ ރިސޯޓުތަކުގައި ފިކްސް ސާވިސް ޗާޖެއް ދޭކަމަށް އިރުތު މީހަކު ވަނީ މި ބަހުސް ތެރޭގައި ބުނެފައެވެ.
Service charge ingeynee top 20% ge.
Minivan muvasasaa thakuge ithubaaru hifahattan jehey kameh neyge.. Ministry ge budget millions ga. Hathares faya muvazafun thibey.. better tweet an apology or just resign.— Ahmed Fazeel (@faxeel) December 25, 2019
ރައްޔިތުން ރުޅިއައީމަ ** ކިޔާނެކަމެއް ނެތް، އިސްތިއުފާދީ އަވަހަށް ރުޅިއައިސް ހުރި މީހަކު މިމޭރުމުން އިސްތިއުފާއަށް ގޮވާފައިވާއިރު އެހެން މީހަކު ބުނެފައިވަނީ އަވަހަށް އިސްތިއުފާދީފަ ވަޑައިގަންނަވާ ތިއޮތީ ބޮޑުތަނުން ފެއިލްވެފައިކަމަށެވެ.
Tourisom industry ge kan kan thibeyfulha ah nubeley iru, rayyathun nah olhuvalagen vaahaka dhahkavanee keehve tho,? manikfanu resort thakah araa ethanuge enme agubodu room ga nidhi kurahveema thanuge haalathu saafu v kamah dhekenee tha.
— MDPNolhivaran (@MDPNolhivaran) December 26, 2019
އަލީ ވަހީދުގެ މިޓުވީޓަށް ރިސޯޓު މުވައްޒަފަކުވަނީ ވަރުގަދަ އިންޒާރެއްވެސް ދެއްވާފައެވެ. އެގޮތުން އެއިނާ ބުނެފައިވަނީ މިނިމަމް ވޭޖް އާއި ސާވިސްޗާޖުގެ މިފަހަރު ރަނގަޅު ނުވެއްޖެއްޔާ ހުރިހާ ރިސޯޓް މުވައްޒަފުން ހުރިހާ ރިސޯޓެެއްގައި މަސައްކަތް ކުރުން އެއްފަހަރާ ހުއްޓާލާ މުޅި ޓޫރިޒަމް ހުއްޓުމަކަށް ގެންނަން ޖެހިދާނެކަމަށް ބުނެފައެވެ.
Meena ge no confidence nagan jehey. @MDPSecretariat @aliaazim @nihad_m kanda elhigen dhogu hadhanee. Fake account ga resort muvazzafun tweet kuranee vazeefa ge birun kan ves meena akah neyge. @ibusolih @MohamedNasheed @Roxeyna @mdpshippe @aslamdp @evattey
— Mode (@modebes) December 26, 2019
މިނިސްޓަރ އަލީ ވަހީދު އިސްތިއުފާ ދެއްވަންޖެހޭ އިތުރު ސަބަބެއްކަމަށް ރިސޯޓެއްގައި މަސައްކަތްކުރާ އެމްޑީޕީގެ މެންބަރަކު ބުނެފައިވަނީ އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރަން މިހާރުވެސް ކެންޕެއިން ކުރަމުންދާ ޕާޓީއެއްގެ ސުލޮޓުގައި ހުރެ އެމްޑީޕީގެ ސަރުކާރުގެ އަގު ވައްޓާލާ ރިސޯޓު މުވައްޒަފުންގެ ނުރުހުން މިސަރުކާރަށް އަންނަކަމަށާއި ޖޭޕީ ސުލޮޓުގައި މިނިސްޓަރުކަން ކުރައްވަމުން ގެންދަވަނީ ބޭރުފުށުން އެމްޑީޕީ ވެގެން ކަމަށެވެ. މިމައްސަލަ މަޖިލިސް މެދުވެރިކޮން ބަލައިދިނުމަށް މަޖިލިސް ރައީސް ޓެގުކުރައްވާ ބަޔެއް ފަރާތްތަކުން ދަނީ އަޑުއުފުލާ އިސްތިއުފާއަށް ގޮވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!