މިރޭ މާލޭގައި ބިދޭސީ ދެ ގުރޫޕެއްގެ މެދު މާރާމާރީ ހިންގައިފިއެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މިމާރާމާރީގައި ވަނީ އެކަކު ޒަހަމް ވެފައެވެ.
މިމާރާމާރީ ހިނގާފައިވަނީ މިރޭ 7:00 ޖަހާ އެހާކަންހާއިރު މަޖީދީމަގުގައި ބިދޭސީ ދެ ގުރޫޕެއްގެ ދެމެދުގައި ކަމަށާއި އެ މާރާމާރާގައި އެކަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ނަމަވެސް ސީރިއަސް އަނިޔާއެއް ވެފައި ނެތް ކަމަށް ފުލުހުން ބުނެއެވެ.
އަނިޔާ ލިބުނު ބިދޭސީ މީހާގެ އިތުރުން އިތުރު ތިން ބިދޭސީއެއްވަނީ މިމައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ރާއްޖޭގައި ބިދޭސީ އާބާދީ އިންތިހާއަށް އިތުރުވެ އަންނަނީ ނޭދެވޭ އެތައް ކަމެއް ހިނގަމުންނެވެ. ޤަވާޢިދާ ހިލާފަށް އުޅޭ ބިދޭސީންގެ އަދަދު އެތައް ތަނަކުން އިތުރުވެފައިވުމާއެކު، ނުކުމެފައިވާ އިޖުތިމާއީ މައްސަލަތައްވެސް އެހާމެ ގިނައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!