ބިޒްނަސް އޮފް ދި އިޔާ އެވޯޑް ހޯދައި، ހުރިހާ ގޮތަކުން އަހަރުގެ އެންމެ މޮޅު ކުންފުންޏަކަށް އުރީދޫ މޯލްޑިވްސް ހޮވިއްޖެއެވެ.
އުރީދޫ މޯލްޑިވްސްއިން އަހަރުގެ އެންމެ މޮޅު ކުންފުނީގެ އެވޯޑް ކާމިޔާބުކުރީ ކްރޮސްރޯޑްސް މޯލްޑިވްސްގައި ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑްސް 2019 ގެ ގާލާގަ އެވެ.
އެކުންފުނިން ވަނީ މިދިޔަ އަހަރުގެ ބިޒްނަސް އެވޯޑްސްގައި ކާމިޔާބުކުރި ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އޮފް ދި އިޔާ އެވޯޑާއި އެކްސެލެންސް އިން އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން އެވޯޑު ހޯދައި، އެދެވޯޑެއްވެސް ދިފާއު ކޮށްފަ އެވެ.
މީގެ އިތުރުން މިއަހަރު އަލަށް ތައާރަފުކުރި ޕީޕަލްސް ޗޮއިސް އެވޯޑްސް ކެޓަގަރީން އެންމެ ރަނގަޅު ސީއެސްއާރު ޕްރޮގްރާމުގެ އެވޯޑު ވެސް ލިބުނީ އުރީދޫއަށެވެ.
އެ އެވޯޑު ލިބުނީ ޔޫއެންޑީޕީ މޯލްޑިވްސްއާއި އެޗްޑީސީއާއި ގުޅިގެން އުރީދޫއިން ކުރިއަށްގެންދާ ސްމާޓް ސިޓީސް ޕްރޮޖެކްޓަށެވެ.
We are honoured to win the Best CSR Program of the Year Award for our contribution to the Smart Cities Project, a collaboration between @UNDPMaldives, @OoredooMaldives and @hdcmaldives. #MvBizAwards2019 #DigitalMaldives #SmartCitiesMv pic.twitter.com/kcEmDp28v4
— Ooredoo Maldives (@OoredooMaldives) December 21, 2019
އެވޯޑު ހަފްލާގައި ވާހަކަ ދައްކަވަމުން އުރީދޫގެ ޑިރެކްޓަރ ސޭލްސް، ޑިސްޓްރިބިއުޝަން އެންޑް ބްރޭންޑް ހުސައިން ނިޔާޒު ވަނީ އެކުންފުނީގެ ހުރިހާ މުވައްޒަފުން ކުރާ މަސައްކަތްތައް ފާހަގަކޮށް، އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.
އަހަރެއްގެ މުއްދަތުގައި ވިޔަފާރިތަކުން ހޯދާ ކުރިއެރުންތައް ފާހަގަ ކުރުމުގެ ގޮތުން ދޭ ބިޒްނަސް އެވޯޑްސްގެ އެންމެ ފުރަތަމަ ހަފްލާ ބޭއްވީ މިދިޔަ އަހަރުގަ އެވެ.
މާކެޓިންް، ޕަބްލިކް ރިލޭޝަންސް އަދި ބިޒްނަސް މެނޭޖްމަންޓް ކުންފުންޏެއް ކަމަށްވާ ބްލޭޒަން އިންކޯޕަރޭޓަޑްއިން ބޭއްވި މިއެވޯޑް ހަފްލާގައި، މިއަހަރު ފަސް ދާއިރާއަކުން ޖުމްލަ 29 ކެޓަގަރީއަކުން އެކި ފަރާތްތަކަށް ވަނީ އެވޯޑް ދީފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!