ށ. ފޭދޫ ފަޅަށް ލޯންޗެއް ވަންނަން އުޅޭ ނުރައްކާތެރި ހާލަތު ދައްކުވައިދޭ ވީޑިއޯއެއް ފޭދޫ މީހަކު އާންމުކޮށްފިއެވެ.
މިވީޑިއޯ އާންމުކޮށްފައިވާ ޒުވާނާ ބުނެފައިވަނީ އިރުވައި މޫސުމުގައި ފަޅަށް ވަދެ ނިކުމެ ހެދުމަކީ ނުރައްކާތެރިކަަމެއްކަމަށެވެ. އަދި ކަނޑިންމަ ތިލަވުމުގެ ސަބަބުން ބިޔަ ރާޅުތަކުގެ ސަބަބުން މާލެ ދަތުރުކުރާ ބޯއްޓާއި މަސްވެރިކަން ކުރާ ދޯނިތައް މަހަށް ނުފުރި ފަޅު ބަންދުވެފައިވާ ކަމަށެވެ.
ލޯންޗު ފަޅަށް ވަންނަން ކުރި މަސައްކަތް ދައްކައިދިނުމުގެ ގޮތުން މިޒުވާނާ ވަނީ 2 ވީޑިއޯ ހިއްސާ ކޮށްފައެވެ. ވީޑިއޯއިން ފެންނަގޮތުގައި ބޮޑެތި ސިންގާ ރާޅުތައް ކަނޑިންމަ މައްޗަށް ބިންދަމުން ދާއިރު ބޭރު ތޮށިމަތިންވެސް ރާޅުތައް ދަނީ ފަޅުތެރެއަށް ބިންދަމުންނެވެ. ފުރަތަމަ މިލޯންޗު ވަންނަން އައިސް، ރާޅުތަކުގެ ސަބަބުން ނުވަދެ އަނބުރާލާފައި ދެއެވެ. ބޭރުގައި ތަންވަޅަކަށް މަޑުކޮށްގެން އޮވެ ދެވަނަ ފަހަރު ވަނުމަށް ކުރިމަސައްކަތުންވެސް ވަދެވޭގޮތް ނުވެގެން އަނެއްކާވެސް އަނބުރާލާފައިދާ މަންޒަރު ފެނެއެވެ.
Sh.Feydhoo Falhuge kandimaige haalathu. Iruvaa moosumugai falhah vadheh nikume hedhumakee nurahkaatheri kameh. Launch falhah vanumah kuri masahkai..@shaheeym @MoNPImv @AslamAslamtey pic.twitter.com/lVV8DXDdSl
— Mohamed Rashad (@MRashad1990) December 22, 2019
މުޙައްމަދު ރަޝީދު ލާފައިވާ ދެވަނަ ވީޑިއޯއިން ފެންނަ ގޮތުގައި ތިންވަނަ ފަހަރަށް ލޯންޗު ވަނީ ފަޅަށް ވަދެވިފައެވެ. މިލޯންޗަކީ 3 އިންޖީނުލީ ބޮޑު ލޯންޗެކެވެ.
Kamdima thilavumuge sababunaai biya raalhuthakuge sababun Male' dhathuru kuraa botaai masverikan kuraa dhoani thah Maha nufuri falhu bandhuvefai.. pic.twitter.com/oafI1t1IrT
— Mohamed Rashad (@MRashad1990) December 22, 2019
މިވީޑޮއޯއަށް ކޮމެންޓް ކުރަމުން އެރަށު ޒުވާނަކު ބުނެފައިވަނީ ށ. ފޭދޫ ބަނދަރަކީ 2019 ވަނަ އަހަރު މަސައްކަތް ފަށަން ރައީސް ވައުދު ވެފައިވާ ބަނދަރެއްކަމަށެވެ.
ވަރަށް އާދޭހާއި އެކު ދަންނަވަން އަޅުގަނޑުމެން ރަށު ބަނދުން ވީއްލާ ދެއްވާ، ބަނދަރުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށައިދެއްވާ!
މުޙައްމަދު އަނީލް ބުނެފައިވެއެވެ.
މިވީޑިއޯއާއި ގުޅިގެން އިތުރު މީހަކު ބުނެފައިވަނީ އީއައިއޭ ހަދަނީ ނަމަކަށް ކަމަށާއި ށ. މާއުނގޫދޫ ބަނދަރުގެ ހާލަކީވެސް އެއީކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!