ދިވެހި ރާއްޖޭގެ ވަޒީރުންގެ މަޖިލިސްއިން ފުރަތަމަ ޖާގަ ލިބިވަޑައިގެން އަންހެން ކަނބަލެއްގެ ގޮތުގައި، ތާރީޚީ އެ ފަޚުރާއި، ޝަރަފު ހާސިލް ކުރައްވާފައިވަނީ މޫމިނާ ހަލީމެވެ.
އެކަނަމާ ރާއްޖޭގެ ކެބިނެޓު މިނިސްޓަރު ކަމަށް އައްޔަނު ކުރެވުނީ މީގެ 43 އަހަރު ކުރިން 6 ޖެނުއަރީ 1977 ވަނަ އަހަރުއެވެ.

ރައީސް ނާސިރުގެ ވެރިކަމިގައި، ފުރަތަމަ އަންހެން ވަޒީރުގެ ޝަރަފު ލިބިވަޑައިގަތް މޫމިނާ ހަލީމް އައްޔަނު ކުރެވިފައިވަނީ މިނިސްޓަރު އޮފް ހެލްތުގެ މަޤާމަށެވެ. އޭރު އެކަމަނާއަކީ ރާއްޖޭގައި އެވަގުތު ހުންނެވި އެންމެ ކުޅަދާނަ އެއް ނަރުހެވެ.
އޭރުގެ މޫން ލައިޓު ނޫހުގެ ވޮލިއުމް 22، 6 ޖެނުއަރީ 1977 ވަނަ ދުވަހުގެ ޢަދަދުގެ ފުރަތަމަ ސަފްޙާގެ ބޮޑު ސުރުޚީގައި އޮތީ "ސަރުކާރުގެ ދާއިރާ ތަކަށް ވަރަށް މުހިންމު ބަދަލުތަކެއް" މިހެންނެވެ. އޭގެ ފަހުން "މިނިސްޓަރ އޮފް ހެލްތު އޮނަރަބަލް އަލްފާޟިލާ މުއުމިނާ ހަލީމް، ދިވެހި ރާއްޖޭގެ ފުރަތަމަ އަންހެން މިނިސްޓަރު" ލިޔެފައި ވެއެވެ. އެތާރީޚީ ދުވަހުގެ އެތާރީޚީ މަޤާމްގެ ނަން އައު ކޮށްލުމަށް މޫނު ލައިޓާ ހަމައަށް ޖެހިލީއެވެ.
1975 ވަނަ އަހަރު ރައްޔިތުންގެ މަޖިލިސްއަށް ސީދާ އިންތިޚާބުވެ ވަޑައިގަތް ފުރަތަމަ އަންހެން ކަނބަލެއްގެ ރެކޯޑްވެސް އޮތީ އެކަމަނާގެ އަތްޕުޅުގައެވެ. މޫމިނާ ހަލީމް ރައްޔިތުންގެ މަޖިލިސްގެ މާލޭ ގޮނޑި ފުރުއްވީ އެތައް ކަނބަލުންނެއްގެ ތާއިދާ އެކުގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!