Skip to main content

ހުސައިން ހަބީބް

Contributor
🇲🇻 ތިލަދުން Desk
1,128 Stories
526 Reads

Published on ތިލަދުން (Thiladhun) by ހުސައިން ހަބީބް

ޑރ. ޓެޑްރޯސް ކަރަންޓީނަށް
Raajje

ޑރ. ޓެޑްރޯސް ކަރަންޓީނަށް

ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ، ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމް ގެބްރެޔެސަސް ކަރަންޓީނަށް ވަޑައިގެންފިއެވެ. ޑރ. ޓެޑްރޯސް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާއާ ކޮންޓެކްޓްވި މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާ ކަރަންޓީނުގައި ހުންނެވި ކަމަށެވެ. އޭނާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި، ހާލުކޮޅުވެސް ރަނގަޅު ކަމަށް ޑރ. ޓެޑްރޯސްގެ އެ ޓުވީޓުގައި އިތުރަށް ވިދާޅުވެފައި ވެއެވެ. ބައްޔަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކަށްވުމުން ޑަބްލިޔޫއެޗްއޯގެ ޕްރޮޓ...

ރޮނާލްޑޯގެ އެނބުރިއައުމުން ހަދިޔާކުރި 2 ގޯލާއިއެކު ޔުވެންޓަަސްއަށް މޮޅެއް
Sports

ރޮނާލްޑޯގެ އެނބުރިއައުމުން ހަދިޔާކުރި 2 ގޯލާއިއެކު ޔުވެންޓަަސްއަށް މޮޅެއް

ގައުމީ ޓީމުގައި ހުއްޓައި ކޯވިޑް-19އަށް ޕޮޒިޓިވް ވުމާއި ގުޅިގެން ކުޅުމާއި ދުރުގައި ހުރުމަށްފަހު، އެނބުރިއައިސް ކްރިސްޓިއާނޯ ރޮނާލްޑޯ ކުޅުނު ފުރަތަމަ މެޗުގައި ޖަހައިދިން 2 ގޯލާއިއެކު ސްޕެޒިއާގެ މައްޗަށް 4-1 އިން ޔުވެންޓަސް ކުރި ހޯދައިފިއެވެ. ކޯވިޑަށް ޕޮޒިޓިވް ވުމުގެ ސަބަބުން 2 ހަފުތާއަށް ވުރެ ގިނަ ދުވަހު އައިސޮލޭޝަނުގައި ހުންނަން ޖެހުމުން އުމުރުން 35 އަހަރުގެ ރޮނާލްޑޯއަށް ވަނީ 4 މެޗް ގެއްލިފަ އެވެ. ނަމަވެސް ރޮނާލްޑޯ އެނބުރިއައިސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި ޖެހި ދެ ގޯލާއިއެކު […]

އުމްރާއަށް ގޮސް ތިބެވޭނީ 10 ދުވަހު
International

އުމްރާއަށް ގޮސް ތިބެވޭނީ 10 ދުވަހު

ކޯވިޑް-19ގެ ސަބަބުން މެދުކަނޑާލި އުމްރާގެ އަޅުކަމަށް ފިޔަވަހި ތަކަކަށް ބަހާލައިގެން އަލުން ފުރުޞަތު ދެމުންދާއިރު، އެ އަޅުކަމަށް ސައުދީ އަރަބިއްޔާ ނޫން ޤައުމުތަކުގެ މީހުންނަށް އެ ޤައުމު އިއްޔެ ހުޅުވާލައިފިއެވެ. ތިންވަނަ ފިޔަވަހީގެ ދަށުން ސައުދީ ނޫން ޤައުމުތަކުގެ މީހުންނަށް އުމްރާގެ އަޅުކަން ކުރުމަށް ދިއުމަށް ހުޅުވާލިއިރު، އުމްރާގެ އަޅުކަމަށް ގައުމުން ބޭރުން އަންނަ މީހުންނަށް ސައުދީ އަރަބިއްޔާގައި ތިބެވޭނީ 10 ދުވަހުގެ މުއްދަތަށް ކަމަށް، ސައުދީ ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރ...

ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރަކުން މައްކާގެ ހަރަމްފުޅުގެ ދޮރާއްޓެއްގައި ޖެހިއްޖެ
International

ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރަކުން މައްކާގެ ހަރަމްފުޅުގެ ދޮރާއްޓެއްގައި ޖެހިއްޖެ

ބާރު ދުވެލީގައި ދުއްވާފައި ގޮސް، މައްކާގެ ހަރަމްފުޅުގެ ފެންސްތަކެއް ފަޅާލައި ހަރަމްފުޅުގެ ދޮރާއްޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ. ސައޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ)އާއި ހަވާލާދީ އަރަބް ނިއުސްގައި ރިޕޯޓުކޮށްފައި ވަނީ ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރަކުން މައްކާގެ ޙަރަމްފުޅުގެ ދޮރާއްޓެއްގައި ޖެހުމުގެ ހާދިސާއެއް ހުކުރު ދުވަހު (އިއްޔެ) ހިނގާފައިވާ ކަމަށެވެ. އަދި އެކާރު ދުއްވަން އިން މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ. އެ ހާދިސާ ހިނގާފައި […]

ތުރުކީ އަށް ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް
International

ތުރުކީ އަށް ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް

ތުރުކީ އަށް އައި ބާރުގަދަ ބިންހެލުމަކާ އެކު ސުނާމީއެއް އަރައި، ބައެއް މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެ ބޮޑެތި ގެއްލުން ތަކެއް ވެއްޖެއެވެ. މި ބިންހެލުމުގައި އެންމެ ބޮޑު ގެއްލުމެއް ލިބުނީ ތުރުކީ ވިލާތުގެ އިޒްމީރް ޕްރޮވިންސަށެވެ. މި ބިންހެލުމާއިއެކު ކުޑަ ސުނާމީއެއް ވެސް އުފެދުނެވެ. ތުރުކީ ވިލާތުގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީއާއި ހަވާލާދީ އެ ޤައުމުގެ ”ޑެއިލީ ސަބާހް” ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ރިކްޓަ މިންގަނޑުން 6.6 ބާރުމިނުގައި އައި ބިންހެލުމުގައި މިހާތަނަށް 4 މީހުން މަރުވެ، 202 މީހުން...

ވައިކަރަދޫ ކަނޑޫފަލުން ކަނޑޫގަސްތައް ކަނޑާތީ ކައުންސިލްގެ ކަންބޮޑުވުން
Thiladhunmathi News

ވައިކަރަދޫ ކަނޑޫފަލުން ކަނޑޫގަސްތައް ކަނޑާތީ ކައުންސިލްގެ ކަންބޮޑުވުން

ހދ. ވައިކަރަދޫ ކަނޑޫފަލުން ކަނޑޫގަސް ކެނޑާތީ ތިލަދުންމަތީ ދެކުނުބުރީ ވައިކަރަދޫ ކައުންސިލްގެ އިދާރާއިން ކަނބޮޑުވުން ފާޅުކޮށްފި އެވެ. ކަނޑޫފަލުން ކަނޑޫ ގަސްތައް މަރުވުމުގެ މައްސަލަ ދިމާވެފައިވާ ވައިކަރަދޫ ކަނޑޫފަލުން ކަނޑޫ ގަސްތައް ކަނޑަމުން ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް، ވައިކަރަދޫ ކައުންސިލުން އިއްޔެ ކުރި އިޢުލާނެއްގައި ބުނެފައިވަނީ މިހާރަކަށް އައިސް އެކައުންސިލްގެ ހުއްދަނެތި ރަށުގެ ކަނޑޫފަލުން ކަނޑޫގަސް ކަނޑާކަމަށް އެ ކައުންސިލަށް ފާހަގަ ކުރެވިފައިވާކަމަށެވެ. އެނގިވަޑައިގަންނަވާނޭފަދައިނ...

"އެޗްޕީއޭގެ ހާއްސަ ހުއްދަ" އުތުރަށް ބޮޑު ހާސްކަމެއް!
Thiladhunmathi News

"އެޗްޕީއޭގެ ހާއްސަ ހުއްދަ" އުތުރަށް ބޮޑު ހާސްކަމެއް!

ކޮޗިން ފެރީގެ އިންތިޒާމުތަކަށާއި އެ މަންޒަރު ލައިވްކުރުމަށާއި މިދިޔަ މަހުގެ ފަހުކޮޅު އުތުރުގައި ފުލުހުން ފާރަގެމަ ބޭނުންކޮށްގެން ހިންގި ހާއްސާ އޮޕަރޭޝަނެއްގައި މާލެއިން ކުޅުދުއްފުއްޓަށް ދަތުރުކުރި ފަރާތްތަކުން ކަރަންޓީން ނުވާތީ އެކަމުގެ ކަންބޮޑުވުންތައް ކައުންސިލްތަކުންނާއި އަމިއްލަ ފަރުދުން އައީ ފާޅުކުރަމުންނެވެ. ކޯވިޑް-19 އާ ގުޅިގެން އާންމު ހިދުމަތްތައް ފޯރުކޮށްދިނުމަށް އެއްރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގެ ދަށުން ރަށްރަށަށް ދަތުރުކުރަމުންދާ ފަރާތްތަކުގެ އަމަ...

ބޮޑު ތިލަދުންމަތި މިކަމުން އަރައިގަންނާނީ އެކުގައި އެއްބައިވަންތަކަމާއެކު!
Thiladhunmathi News

ބޮޑު ތިލަދުންމަތި މިކަމުން އަރައިގަންނާނީ އެކުގައި އެއްބައިވަންތަކަމާއެކު!

ހދ. ކުޅުދުއްފުށި ސިޓީގެ ފުލުހަކު ޕޮޒިޓިވްވުމާ ގުޅިގެން ހއ. ބާރަށް، ހއ. ދިއްދޫ، ހއ. ހޯރަފުށި، ކުޅުދުއްފުށި، ހދ. ކުރިނބީ، ށ. ފުނަދޫ މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. ބޮޑު ތިލަދުންމަތީގެ މައިބަދަތަށް މިވަނީ މޮނީޓަރިންގެ ހާލަތަށް ގެނެވިފަ އެވެ. އުތުރުގެ 3 އަތޮޅުގެ ވެރިކަންކުރާ 3 ރަށް މިވަނީ އަރާ ފޭބުން މަނާކޮށްފަ އެވެ. މިކަމުގެ ސަބަބުން އަތޮޅުގެ އެހެން ރަށްރަށަށް ބޮޑެތި ތަކުލީފުތަކެއް މިވަނީ އުފުލަން ޖެހިފަ އެވެ. ކޯވިޑް19 ގެ ރާޅު ރާއްޖެއަށް ބިންދާލުމާއި ހަމައިން […]

އުމްރާގެ އަޅުކަމަށް ހަރަމްފުޅު ހުޅުވާލުން، މުސްލިމުންގެ ދިގު އިންތިޒާރެއް
International

އުމްރާގެ އަޅުކަމަށް ހަރަމްފުޅު ހުޅުވާލުން، މުސްލިމުންގެ ދިގު އިންތިޒާރެއް

ދުނިޔެއަށް ހަލުވިކަމާއެކު ފެތުރެމުންދިޔަ ކޯވިޑް-19 ގެ ސަބަބުން އަޅުކަމަށް ބަންދުކުރި، މުސްލިމުންގެ އެންމެ މުގައްދަސް ބިނާކަމުގައިވާ މަސްޖިދުލް ޙަރަމް، އުމްރާގެ އަޅުކަމަށާއި، ނަމާދަށް އިއްޔެއިން ފެށިގެން ހުޅުވާލައިފިއެވެ. ސައޫދީގެ މިނިސްޓްރީއޮފް ހައްޖު އެންޑް އުމްރާއާއި، ކަމާއި ގުޅުން ހުރި އިދާރާތަކުން އެކަށަހަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ގައިޑްލައިނަކާއިއެކު އަލުން ހަރަމްފުޅު އާންމުކޮށް ހުޅުވާލާފައި މިވަނީ ހަތް މަސްދުވަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށްފަހު ފަހުގައެވެ. ކޯވިޑް ފެ...

ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި
Raajje

ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފި

އަރަބި ކަނޑާއި ރާއްޖޭގެ ކަނޑު ހިމެނޭ ސަަރަހައްދުން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއިއެކު ބަޔަކު ހައްޔަރު ކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ބައެއް ނޫސްތަކުން ރިޕޯޓު ކޮށްފިއެވެ. ޕާކިސްތާނުގެ ނޫސްތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުން، ޑުރަގް ޓްރެފިކް ކުރާ އެ ނެޓްވޯކު އަތުލައިގަތީ ބައިނަލްއަގްވާމީ ފައުޖުތަކާއި ޕާކިސްތާނުގެ އެންޓި ނާކޮޓިކްސް ފޯސްގެ އިންޓެލިޖެންސް ވިންގު ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އެވެ. އެ ނެޓްވޯކުގެ ތިން މީހަކު މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވާ ކަމަށް ބައެއް ނޫސްތަކުގައި ރިޕޯޓުކޮ...

އިންޑިއާގެ ކޯވިޑްގެ ހާލަތު: މަރުވި މީހުންގެ ޢަދަދު ލައްކަ އަކަށް
International

އިންޑިއާގެ ކޯވިޑްގެ ހާލަތު: މަރުވި މީހުންގެ ޢަދަދު ލައްކަ އަކަށް

އަވަށްޓެރި އިންޑިއާއިން ކޯވިޑް-19 ބަލީގައި މަރުވި މީހުންގެ ލައްކަ އަކަށްވުރެ މަތިވެއްޖެއެވެ. މިގޮތުން މިހާތަނަށް އެ ޤައުމުން ކޯވިޑް ބަލީގައި ވަނީ 101،211 މީހުން މަރުވެފައެވެ. އަދި މިއަދު މިހާތަނަށް 336 މީހުންވަނީ މަރުވެފައެވެ. 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއަކީ ދުނިޔޭގައި އެންމެ ތޮއްޖެހުންބޮޑު ސިޓީތައްވެސް ހިމެނޭ ގައުމެވެ. މިކަމާހެދި، ކޯވިޑްބަލީގެ ހާލަތު އިންޑިއާގައި ވަރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް ކުރިންވެސް އޮތީ ލަފާކުރެވިފައެވެ. އެ ޤައުމުގެ ހުރިހާ ހިސާބަކަށް ވެސް މިހާރު...

ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ކޯވިޑަށް ޕޮޒިޓިވް
International

ޓްރަމްޕާއި އަނބިކަނބަލުން މެލާނިއާ ކޯވިޑަށް ޕޮޒިޓިވް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މެލާނިއާ ޓްރާމްޕް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ. އުމުރުން 70ގެ ޓްރަމްޕް މިއަދު ކުރެއްވި ޓުވިޓެއްގައި ވަނީ އޭނާގެ ދެކަނބަލުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ދެކަނބަލުން މިހާރު ކަރަންޓީނުގައި ތިއްބެވި ކަމަށެވެ. އަނބިކަނބަލުން މެލަނިއާގެ އުމުރަކީ 50 އެވެ. އެ ދެކަނބަލުން ކޯވިޑަށް ޕޮޒިޓިވް ވެފައި މިވަނީ ޓްރަމްޕްގެ ގާތް އެޑްވައިޒަރެއް ކަމުގައިވާ ހޯޕް ހިކްސް ކޯވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ. ހޯޕ...

އިއްޔެވެސް އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވީ އިންޑިއާއިން
News

އިއްޔެވެސް އެންމެ ގިނަ މީހުން ކޯވިޑަށް ޕޮޒިޓިވްވީ އިންޑިއާއިން

ހަލުވިކަމާއިއެކު ފެތުރެމުންދާ ކޯވިޑް-19އަށް ފަހަކަށް އައިސް އެންމެ ގިނަ މީހުން ޕޮޒިޓިވްވާ ޤައުމުގެ ގޮތުގައި ހިމެނިފައިވާ އަވަށްޓެރި އިންޑިއާއަކީ ދުނިޔެއިން އިއްޔެވެސް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ ޤައުމުގޮތުގައި ހިމެނިއްޖެއެވެ. އިއްޔެވެސް އެ ޤައުމުން ވަނީ 86,748 މީހުން އެ ބައްޔަށް ޕޮޒިޓިވްވެފައެވެ. ދެވަނައަށް އެންމެ ގިނަ މީހުން ޕޮޒިޓިވްވީ އެމެރިކާއިން އިއްޔެ ޕޮޒިޓިވްވީ 40,920 މީހުންނެވެ. 33,269 މީހުން ޕޮޒިވްވި ބްރެޒިލް އޮތީ އިއްޔެ އެންމެ ގިނަ މީހުން ޕޮޒިޓިވްވި ތިންވަނަ ޤައުމުގެ ގޮތުގައިއެވެ. ފަހ...

މިއީ ބޮޑު ތިލަދުންމަތި ތަރައްޤީ ކުރުމުގެ ފެށުމެއްތަ؟ ފުރުޞަތުގެ ބޭނުން ކުރަމާ!
Thiladhunmathi News

މިއީ ބޮޑު ތިލަދުންމަތި ތަރައްޤީ ކުރުމުގެ ފެށުމެއްތަ؟ ފުރުޞަތުގެ ބޭނުން ކުރަމާ!

ކޮޗިން-ކުޅުދުއްފުށީ ކާގޯ ފެރީގެ ތާރީޚީ ފުރަތަމަ ދަތުރު ކާމިޔާބުކަމާއި އެކު ކުޅުދުއްފުއްޓަށް ބަނދަރުކޮށްފިއެވެ. މިދަތުރު އެކި މީހުންނަށް ބަލައިގަނެވުނީ އެކި ގޮތަށެވެ. އެއް ބަޔަކު އަދިވެސް ގަބޫލުކުރަނީ މިއީ “ބޭކާރު” ކަމެއްގެ ގޮތުގައެވެ. އަނެއް ބަޔަކު މިއީ “ވަރަށް ކާމިޔާބު” ދަތުރެއްކަމަށް ދަނީ ބުނަމުންނެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ މިއީ ކިހިނެއްވާ ކަމެއްބާއެވެ؟ މިދަތުރުތަކުގެ ސަބަނުން ބޮޑުތިލަދުންމަތި ތަރައްގީ ވާނެބާއެވެ؟ މިދަތުރުތަކަށް ފަހު ބޮޑުތިލަދުންމަތީގެ އިޤްތިސާދީ ދުވެއްޔަށް އެނގުންވާނެ...

ފަތިހާއި ބައްދަލުވާ ހިނދު...
Column

ފަތިހާއި ބައްދަލުވާ ހިނދު...

ފަތިހާއި ބައްދަލުވާ ހިނދު ތިބާ އެނދުގައި ގަދަ ނިދީގައި ޣާފިލް ކަންމަތީގައި ނޯންނާށެވެ. ތެދުވެ ފަތިސް ނަމާދުގެ ވަގުތުގައި ނަމާދުކޮށް އެ ނަމާދުގެ ފުރިހަމަ ސަވާބާއި ދަރުމަ ލިބިގަންނާށެވެ. ދުވަސް ފަށަންވީ ފަތިސް ނަމާދުންނެވެ. އެއަށްފަހު ތިބާއަށް ކެރި ކުޅަދާނަ ނަމަ ހެނދުނުގެ ޒިކުރު ދޫކޮށް ނުލާށެވެ. ޤުރުއާނުން މިންވަރެއް ނަމަވެސް ކިޔައިލާށެވެ. ދުޢާ ކޮށްލާށެވެ. އަޒުމު ކަނޑައަޅަންވީ ދުވަހުގެ ބާކީ ހަތަރު ނަމާދުވެސް ވަގުތުގައި، ކުރުމަށެވެ. ފުރުޞަތު އޮތްނަމަ ފަތިސް ނަމާދެކޭ އެއްފަދައިން ޖަމާޢަތުގައިކުރުމަށ...