ބާރު ދުވެލީގައި ދުއްވާފައި ގޮސް، މައްކާގެ ހަރަމްފުޅުގެ ފެންސްތަކެއް ފަޅާލައި ހަރަމްފުޅުގެ ދޮރާއްޓެއްގައި ޖެހުނު ކާރެއްގެ ޑްރައިވަރު ހައްޔަރުކޮށްފި އެވެ.
ސައޫދީ ޕްރެސް އޭޖެންސީ (އެސްޕީއޭ)އާއި ހަވާލާދީ އަރަބް ނިއުސްގައި ރިޕޯޓުކޮށްފައި ވަނީ ބާރު ދުވެލީގައި ދުއްވާފައި ދިޔަ ކާރަކުން މައްކާގެ ޙަރަމްފުޅުގެ ދޮރާއްޓެއްގައި ޖެހުމުގެ ހާދިސާއެއް ހުކުރު ދުވަހު (އިއްޔެ) ހިނގާފައިވާ ކަމަށެވެ. އަދި އެކާރު ދުއްވަން އިން މީހާ ހައްޔަރު ކޮށްފައިވާ ކަމަށް ވެސް އެ ނޫހުގައި ބުނެފައި ވެއެވެ.
އެ ހާދިސާ ހިނގާފައި ވަނީ ސައޫދީގެ ގަޑިން ހުކުރު ދުވަހުގެރޭ 10:30 ގައި އެވެ. އެ ކާރު ދުއްވަން އިނީ ސައޫދީ ރައްޔިތެއް ކަމަށް ވެސް އެ ނޫހުގައި ރިޕޯޓުކޮށްފައި ވެއެވެ.
Saudi security authorities arrested a man who crashed his car into one of the doors of the Grand Mosque in the holy city of #Makkah on Friday night https://t.co/xfjCpEYARo pic.twitter.com/Q8mwtYOcYA
— Arab News (@arabnews) October 31, 2020
ސައޫދީ ގެޒެޓުން ރިޕޯޓްކޮށްފައިވާ ގޮތުން ކާރު ވަދެގެން ދިޔަ މަގުގައި ހުރި ޕްލާސްޓިކް ފެންސްތައް ވަނީ ފަޅާލައިފަ އެވެ. އަދި ކާރު ދިޔަ ބާރު މިނުގައި ގޮސް ޖެހުނީ ހަރަމްފުޅަން ވަންނަން ހުންނަ ބޮޑެތި ގޭޓްތަކުގެ ތެރެއިން ގޭޓް ނަންބަރު 89 ގައި ކަމަށް ސައޫދީ ގެޒެޓްގައި ބުނެފައި ވެއެވެ. އަދި ކާރުން ޖެހުމުން ފެންސްތަކާއި ގޭޓް ހަލާކުވި ނަމަވެސް ހަރަމްފުޅަށް ގޮސް ތިބި މީހަކަށް އެއްވެސް އަނިޔާއެއް ވެފައި ނުވާ ކަމަށް ސައޫދީ ގެޒެޓުން ރިޕޯޓްކޮށްފައިވެ އެވެ.
މައްކާގެ ޙަރަމްފުޅުގެ ބޭރުން އޮންނަ ސަރަޙައްދަކީ ވެސް ހަރަމްފުޅު ތެރެ ފުރުމުން ނަމާދުކޮށް ހެދުމަށް ބޭނުންކުރާ ސަރަޙައްދެކެވެ. އެ ސަރަޙައްދަށް އާންމު ވެހިކަލްތަކަކަށް ނުވަދެވެއެވެ. ނަމަވެސް އެހާދިސާ ދައްކުވައިދޭ އާންމުވެފައިވާ ވީޑިއޯއަކުން ފެންނަނީ ފެންސްތައް ފަޅާލާފައި ކާރެއް ގޮސް ހަރަމްފުޅުގެ ދޮރާއްޓެއްގައި ޖެހޭ މަންޒަރެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!