އިންޑިޔާ - ކުޅުދުއްފުށި ކާގޯ ފެރީ: ތިލަދުންމައްޗަށް ވީ ވައުދެއް ހަގީގަތަކަށް!
ކުޅުދުއްފުއްޓާ މާލެ އަދި ކޮޗިން އާއި ދެމެދު ފެރީ ދަތުރުތައް ބާއްވަން ނިންމައި އެކަމުގެ ރަސްމީ ވާހަކަތައް ދެކެވުނީ 2019 ވަނަ އަހަރު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައެވެ. އެވާހަކަ ފުރަތަމަ ދެކެވުމާއި އެކު ބައެއް ފަރާތްތަކަށް އެއީ ވަރަށް އާ ވާހަކައަކަށް ވެގެންދިޔައެވެ. އެހެންނަމަވެސް ތިލަދުންމަތީގެ މީހުންނަށް އެއީ އެހާ އާކަމެއް ނޫނެވެ. މާޒީގައި ތިލަދުންމަތީގެ ވިޔަފާރިވެރިންގެ ބައްތެލިތައް ބަނދެގެން އިންޑިއާއަށް ދަތުރުކޮށްފައިވާކަން ތާރީހު ހެކި ދެއެވެ. ތާރީހުގެ...