އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި އޭނާގެ އަނބިކަނބަލުން މެލާނިއާ ޓްރާމްޕް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

އުމުރުން 70ގެ ޓްރަމްޕް މިއަދު ކުރެއްވި ޓުވިޓެއްގައި ވަނީ އޭނާގެ ދެކަނބަލުން ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ދެކަނބަލުން މިހާރު ކަރަންޓީނުގައި ތިއްބެވި ކަމަށެވެ. އަނބިކަނބަލުން މެލަނިއާގެ އުމުރަކީ 50 އެވެ.

Ad
rt

އެ ދެކަނބަލުން ކޯވިޑަށް ޕޮޒިޓިވް ވެފައި މިވަނީ ޓްރަމްޕްގެ ގާތް އެޑްވައިޒަރެއް ކަމުގައިވާ ހޯޕް ހިކްސް ކޯވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށެވެ.

ހޯޕް ހިކްސަށް ކޯވިޑް-19 ޖެހުމުން ރައީސް ޓްރަންޕު ވިދާޅުވީ ހިކްސްއަކީ ވަރަށް ގިނައިން މާސްކު ތުރުކުރައްވާ ބޭފުޅެއްކަމަށާއި އެހެން ނަމަވެސް އޭނާއަށް ކޯވިޑް-19 ޖެހިފައިވާކަމަށެވެ. ޓްރަންޕުގެ އިތުރުން އަނބިކަނބަލުން މިލީނިއާވެސް ހިކްސާއެކު ވަރަށް ގިނަ ވަގުތު ހޭދަކުރައްވާކަމަށް ޓްރަންޕު ވިދާޅުވިއެވެ.

އެ ދެކަނބަލުން ކޯވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން ޓްރަމްޕުގެ ޑޮކްޓަރު ޝޯން ކޯންލީ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ ރައީސް އާއި ފަސްޓް ލީޑީގެ ހާލު ރަނގަޅު ކަމަށެވެ.

ޓްރަމްޕް އަންނަނީ ކޯވިޑް-19 އަކީ މާ ބޮޑު ކަމެއް ނޫންކަމަށް ދެއްކުމަށް ކަނޑަނޭޅި މަސައްކަތް ކުރައްވަމުންނެވެ. އަދި ބަލީގެ ސަބަބުން މާބޮޑު ގެއްލުމެއް ނުވާކަމަށް ވިދާޅުވެ، އާންމު ތަންތަނުގައި މާސްކް އަޅަން ވެސް އޭނާ ދެކޮޅު ހައްދަވާފައިވެއެވެ.