ރިލްވާން ގެއްލުވާލި މައްސަލާގައި އަހަނދުގެ މައްޗަށް ކުރި ދައުވާ ބޭރުކޮށްލައިފި
ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލާގައި އަހްމަދު އިސްމާއިލް (އަހަނދު) ގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރަން ބޭނުންވާނެ ހެކި ނެތުމުން އޭނާގެ މައްސަލަ ކްރިމިނަލް ކޯޓުން އިއްޔެ ބޭރުކޮށްލައިފި އެވެ. އަހަނދުގެ މައްޗަށް އެ ދައުވާ ކުރީ 2014 ވަނަ އަހަރު ސޯޝަލް މީޑިއާގައި އިސްލާމް ދީނަށް ފުށުއަރާ ހިޔާލު ފާޅުކުރާ މީހުންނަށް އަދަބު ދިނުމަށްޓަކައި، އެ ކަހަލަ ގްރޫޕްތަކުގައި އިސްކޮށް އުޅުނު މީހުން ހޯދަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ. އަދި […]