މަޖިލީހުގެ މަތިވެރި ދާއިރާގެ މެމްބަރު ހަސަން ޒަރީރަށް ހަމަލާދިން މައްސަލާގައި ތިން މީހެއްގެ ދައުވާކޮށް، ކޯޓަށް ފޮނުވައިފި އެވެ.
މިދިޔަ މެއި މަހު ކެފޭއެއްގެ ތެރޭގައި ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ޒަރީރުގެ ބޮލަށް ހަމަލާދިން މައްސަލާގައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ އެ މައްސަލާގައި މިދިޔަ ހަފުތާގައި ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވީ މއ. ނައިޓްވިލާ އިބްރާހިމް އަބްދުﷲ (ގައްބަރޭ) އާއި ތ. ކިނބިދޫ ދީފްރަމްގޭ އަހުމަދު އަވްޝަމާއި މ. ތާޖް މުލާއިމް މުހައްމަދު މައްޗަށް ކަމަށެވެ.
ގައްބަރޭގެ މައްޗަށް ކުރަނީ ނުރައްކާތެރި ހާނިއްކައެއް ލިބޭ ގޮތަށް ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ދައުވާ އެވެ. ދެން ތިބި ދެ މީހުންނަށް ކުރަނީ އެކަމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!