އައިއެސްއާ ގުޅުނު ކަމަށް ތުހުމަތުވާ އަމީން 27 އަހަރަށް ޖަލަށް
އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހަރަކާތްތެރިވާ ކަމަށް ތުހުމަތުކުރެވޭ މުހައްމަދު އަމީން 27 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ޏ. ފުވައްމުލަކު ކަރިއްޔާވިލާ އަމީނަކީ އައިއެސް ޖަމާއަތުގެ ރާއްޖޭގެ ވެރިޔާ ކަމަށް ތުހުމަތު ކުރުމުގެ އިތުރުން ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދިވެހިން ފޮނުވި ކަމަށް ވެސް ތުހުމަތުކުރި އެވެ. އޭނާގެ މައްޗަށް ކުރީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ދައުވާ އާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމުގެ ދައުވާ އެވެ. އެ...