ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް ޝަރީއަތް އަންނަ އާދިއްތަ ދުވަހު ބާއްވަން ހައި ކޯޓުން ހަމަޖައްސައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީން 11 އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފަ އެވެ. އަދި ރިޝްވަތު ދިނުމުގެ ކުށުގައި ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.
އެ މައްސަލަ އެ ބޭފުޅުންގެ ފަރާތުން އިސްތިއުނާފަށް ހުށަހެޅި މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން ކުރިން ވެސް ކުރިއަށް ގެންދިއުމަށްފަހު އިތުރު އަޑުއެހުމެއް އަންނަ އާދިއްތަ ދުވަހު ބާއްވަން ހަމަޖައްސާފައިވެ އެވެ.
ޔާމީން މިހާރު ހުންނެވީ ކަރެކްޝަނަލް ސާވިސްގެ ނިންމުމެއްގެ ދަށުން ގޭ ބަންދަށް ބަދަލުކޮށްފަ އެވެ.
ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ގެއްލުނީ ވެސް ޖަލު ހުކުމް އޮތުމުގެ ސަބަބުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!