ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި މީހެއްގެ މައްޗަށް ނުބައި ދައުވާއެއް ކޮށްފައިވާތީ ހައި ކޯޓުން އޭނާ މިނިވަންކޮށްފި އެވެ.
ފ. އަތޮޅުގެ ރަށެއްގައި 2014 ވަނަ އަހަރު އެކި ފަހަރުމަތިން 14 އަހަރުގެ ކުއްޖަކާއި 13 އަހަރުގެ ކުއްޖަކު ފަޅު ގެއަކަށް ގެންގޮސްގެން އެ ކުދިންނާ މެދު އެއް ޖިންސުން ގުޅުން ހިންގި މައްސަލައެއްގައި 2021 ވަނަ އަހަރު މީހެއްގެ މައްޗަށް ހުކުމްކުރީ ތިން އަހަރަށް ޖަލަށްލައި, 19 އެތިފަހަރުން ތައުޒީރު ކުރުމަށެވެ.
އެ ހުކުމް ހައި ކޯޓުން މިދިޔަ އާދިއްތަ ދުވަހު ބާތިލްކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނުގެ ދަށުން ދައުވާ ނުކޮށް ޖަސްޓިސް މިނިސްޓްރީގެ ސާކިއުލާއެއްގެ ދަށުން ދައުވާ ކޮށްފައިވާތީ އެވެ.
ހައި ކޯޓުގެ ހުކުމުގައިވަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާ މެދު ހާއްސަ އުސޫލުތަކުން އަމަލު ކުރުމުގެ ގާނޫނު ވުޖޫދުގައި އޮއްވާ ޖަސްޓިސް މިނިސްޓްރީގެ ސާކިއުލާއެއްގެ ދަށުން އެ ދައުވާ ކުރެވިދާނެ މެދު ސުވާލު އުފެދޭ ކަންކަން އެބަހުރި ކަމަށެވެ. އަދި އެ ދައުވާ ކޮށްފައިވަނީ ގޯސްކޮށް ކަމަށް ދައުލަތުން ކޯޓުގައި އެއްބަސްވެފައިވެ އެވެ. އެހެންވެ، ދަށު ކޯޓުގެ ހުކުމް ބާތިލްކުރީ ކަމަށް އެ ހުކުމުގައިވެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!