ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލް ކޮށްފި އެވެ.
ވ. އާރަށް މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލާގައި މިއަދު މެންދުރު ފަހަށް ތާވަލުކުރި އަޑުއެހުން ކެންސަލްކުރީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ. އަޑުއެހުން ކެންސަލް ކުރަން އެދުނު ސަބަބެއް ސާފެއް ނުވި އެވެ.
ޔާމީންގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ މައްސަލާގައި އަޑުއެހުމެއް އެންމެ ފަހުން އޮތީ މި މަހުގެ ހަ ވަނަ ދުވަހު އެވެ.
އެ މައްސަލަތަކުގެ ތެރެއިން ޖޫރިމަނާގެ ހުކުމުން މައްސަލާގައި ގޮތެއް ކަނޑައެޅެންދެން ފަސްކޮށްދީފައި ވެ އެވެ. ޖަލު ހުކުމް ވެސް ފަސްކޮށްދޭން ޔާމީންގެ ފަރާތުން އެދުނަސް، އެ އަމުރު ހައި ކޯޓުން ނެރެ ނުދެ އެވެ.
މި އަހަރުގެ ރިޔާސީ އިންތިހާބުން ޔާމީނަށް ފުރުސަތު ގެއްލުނީ ވެސް ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް އެ މަނިކުފާނުގެ މައްޗަށް އިއްވާފައި އޮތުމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!