ކުޑަކުއްޖެއްގެ އޮޕަރޭޝަނަކަށް އެހީ ހޯދަން ކަމަށް ބުނެ އޮޅުވާލައިގެން ފައިސާ ހޯދި ހދ. ކުޅުދުއްފުށީ މީހަކު ނުވަ މަހަށް ގޭ ބަންދުކުރަން ހުކުމްކޮށްފި އެވެ.

ހދ. ކުޅުދުއްފުށީ މީހެއްގެ މައްޗަށް އެރަށު ކޯޓުން ހުކުމްކުރީ 2020 ވަނަ އަހަރު ތިން މަހުގެ ކުއްޖެއްގެ އޮޕަރޭޝަނަކަށް ފައިސާ ހޯދަން އެ ކުއްޖާގެ އާއިލާއިން ކޮށްފައިވާ ފޭސްބުކް ޕޯސްޓެއް ނަކަލުކޮށްގެން އަދި އެހެން އެކައުންޓް ނަމްބަރެއް ހިމަނައިގެން އެކި މީހުން އަތުން 2،000 އަށް ވުރެ ގިނަ ރުފިޔާ ހޯދުމުންނެވެ.

Ad
rt

އެ މީހާގެ މައްޗަށް ކުރީ މަކަރާއި ހީލަތުގެ ދައުވާއަށް އޭނާ ކޯޓުގައި އެއްބަސްވި އެވެ. އަދި ގޭ ބަންދުގެ އަދަބަކަށް ބަދަލުކޮށްދޭން އެ މީހާ އެދުމުން މިދިޔަ ހަފުތާގައި ކުޅުދުއްފުށީ ކޯޓުން ހުކުމްކުރީ އެ މީހާ ނުވަ މަހާއި 18 ދުވަހަށް ގޭގައި ބަންދު ކުރުމަށެވެ.

މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މައްސަލަތަކުގައި ކުރިން ވެސް ޖަލު ހުކުމާއި ގޭ ބަންދުގެ އަދަބުތައް މީހުންގެ މައްޗަށް އިއްވާފައިވެ އެވެ