ޅ. އަތޮޅު ފަަޅުރަށަކަށް ދަތުރުދިޔަ ބަޔަކު އެރަށުން ފެނުނު ކިނބުލެއް ހިފައިފިއެވެ.

މި ކިނބޫ ފެނިފައި ވަނީ ޅ. އަތޮޅުގައި އޮންނަ ފަޅުރަށެއްކަމަށްވާ ދިއްދޫ އިންނެވެ.

Ad
rt

ކިނބޫ ފެނުމުން އެމީހުން ވަނީ ކިނބޫ ހިފައި ޅ.ނައިފަރަށް ގެންގޮސްފައެވެ.

ފަސް ފޫޓް ހުރި އެ ކިނބޫ ހިފުމަށް މިހާރު ވަނީ އެމްއެންޑީއެފާއި ހަވާލުކޮށްފައެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފުން ބުނީ، ޅ.އަތޮޅުގެ ފަޅުރަށުން ފެނުނު ކިނބުލެއް އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑްގެ ސިފައިންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

މި ކިނބޫ ފެނިފައިވަނީ، ޑިންގީއެއްގައި ޅ.އަތޮޅު ދިއްދޫ ނަމަކަށް ކިޔާ ފަޅުރަށްދިޔަ ބަޔަކަށް މިއަދު ހެނދުނު 07:00 ހާއިރުކަމަށް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންއަށް ލިބިފައިވަނީ ޅ.ނައިފަރު ޕޮލިސް ސްޓޭޝަންގެ ފަރާތުން މިއަދު 10:51 ހާއިރުކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ހާދިސާގެ މަޢުލޫމާތު ލިބުމުން އެމްއެންޑީއެފް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަންގެ ސިފައިން ހާބަރކްރާފްޓްގައި ނައިފަރަށް ގޮސް، އެ ކިނބޫ ވަނީ ޅ.މާފިލާފުއްޓަށް ގެނެސްފައެވެ.