އިތުރު 5 މީހަކު ފައްސިވެ އަދަދު 250 އަށް އަރައިފި އެވެ. އިތުރު 5 މީހަކު ފައްސިވެފައިވާކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލްވުމުގައި ތަރުޖަމާން މަބުރޫކް އަޒީޒެވެ.
މީގެ އިތުރުން މިއަދު ފެނުނު 21 ކޭސްއަކީވެސް ކުރީގައިވެސް ފެނިފައިހުރި ކޭސްތަކާއި ގުޅުންހުރި މީހުންކަމަށާއި އަމާޒު ބޯޓާއި ގުޅުންހުރި 9 މީހަކު މިހާތަނަށް އައިއިރު ފައްސިވެފައިވާ ކަމަށް ޑރ އަފްޒަލް ވިދާޅުވި އެވެ.
އަމާޒު ބޯޓާ ގުޅިގެން މިހާރު ށ ނަރުދޫއިން ކޮމިއުނިޓީ ޓްރާންސްމިޝަންއެއް ފެނިފައިވޭ، އަމާޒު ބޯޓު ކްލަސްޓަރއިން މިހާތަނަށް 113 ކޮންޓެކްޓްސް، 9 މީހުން ޕޮޒިޓިވް
ޑރ އަފްޒަލް ވިދާޅުވި އެވެ.
މި 5 މީހުންނާއެކު ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ފައްސިވި މީހުންގެ ޢަދަދުވަނީ 21 އަރާފައެވެ. އިއްޔެ މާލެއިން ފައްސި ވެފައިވަނީ 14 މީހެކެވެ.
ރާއްޖެއިން މިހާތަނަށް އެންމެ ގިނަ ޢަދަދަކަށް މީހުން ފައްސި ވެފައިވަނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. އެދުވަހުވަނީ 73 މީހަކު ފައްސިވެފައެވެ.
މިހާތަނަށް ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 17 މީހެކެވެ. މުޖުތަމައުގެ ތެރޭގައި ބަލި ކޮންޓްރޯލްކޮށް ބަލި އޮތް މިންވަރު ދެނެގަތުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އިއްޔެއިން ފެށިގެންދަނީ މާލެ ތެރެއިން ރެންޑަމް ސާމްޕަލްތައް ނަގަންފަށާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!