ކޯވިޑް-19ގެ އަލާމާތްތައް ފެނިގެން ހދ. ކުޅުދުއްފުށީ ސިޓީއިން ސާމްޕަލް ނެގި އެކެއްގެ ނަތީޖާ ނައްސިކަމަށް (ނެގެޓިވް) އެ ސިޓީގެ ކޮވިޑާ ގުޅޭ ޓާސްކު ފޯހުން ބުނެފި އެވެ.

މިމީހާއަކީ ށ. ނަރުދޫ އަމާޒު ބޯޓުން ދަތުރު ކުރި މީހެކެވެ. އެ ބޯޓުގެ ކައްޕި އާއި އޭނާގެ އާއިލާގެ ބައެއް މީހުން ވަނީ ކޯވިޑަށް ޕޮޒިޓިވްވެފަ އެވެ.

Ad
rt

ކުޅުދުއްފުށީ ސިޓީގެ ޓާސްކު ފޯސް ހިންގުމާއި ހަވާލުވެހުރި އަހުމަދު ދާއޫދު ވިދާޅުވީ އަލާމާތްތައް ފެނިގެން ސާމްޕަލް ނެގި މީހާގެ ނަތީޖާ މިރޭ ލިބިފައިވާއިރު އޭނާގެ ނަތީޖާ ނައްސިވެފައިވާ ކަމަށެވެ.

ދާއޫދު އިތުރަށް ބުނެފައިވަނީ މިމީހާ އަކީ ކުޅުދުއްފުށީ ކައުންސިލްގެ ކުރީގެ ނައިބް ރައީސްއެވެ.

އެއްޗެސް ބޭފުޅަކު ހިފަހައްޓަމުން ތިޔަގެންދަވާ ދޫނުކުރައްވާތި، އެންމެހާ ރައްކާތެރި ފިޔަވަޅުތަކާއި އެކު ގޭގައި މަޑުކޮށްދެއްވާ

މިކަން މިއުލާންކޮށް ދާއޫދު ބުނެފައިވެއެވެ.

އަމާޒު ބޯޓުން ދަތުރުކުރި އިތުރު ދެ މީހަކު ވެސް ކުޅުދުއްފުށީގައި އެބަ ތިއްބެވެ. އަހުމަދު ދާއޫދު ވިދާޅުވި ގޮތުގައި އެ ދެ މީހުންގެ ނަތީޖާ އަދި ލިބިފައިނުވާކަމަށެވެ.

އެމީހުންގެ ނަތީޖާ ލިބެންދެން ކުޅުދުއްފުށީ ސިޓީ ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އަދި އެމީހުން ދިރިއުޅޭ ގެތައް ކަރަންޓީނުކޮށް އެމީހުން އެކަހެރިކޮށްފަ އެވެ.

އަމާޒު ބޯޓު ކޭސްއަކީ އަތޮޅުތަކުގެ ތެރެއަށް ކޮވިޑް-19 ފެތުރިގެން ހިނގައިދާނެ ކޭސްއަކަށް ވާއިރު ބޯޓު ދަތުރުކުރި ހުރިހާ ރަށެއް މިހާރު ވަނީ މޮނީޓަރިން ހާލަތަށް ގެންގޮސްފަ އެވެ. އޭގެ ތެރޭގައި ށ. އަތޮޅާއި ނ. އަދި ހއ. އަތޮޅުގެ ރަށްތައް ހިމެނެ އެވެ. އެ ރަށްތަކުގެ ތެރެއިން ނަރުދޫ ފިޔަވައި، ށ. މިލަންދޫއިން ވަނީ މީހަކު ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ. އެއީ އަމާޒުގައި ދަތުރުކުރި މީހެކެވެ.