މި ވަގުތު އެ މީހަކަށްވެވުނު ގޮތަކަށް އަނެކާއަށް އެހީތެރިވަމުށާއި، އެ މީހަކަށް ލިބިފައިވާ ހުނަރެއްގެ ނުވަތަ ނިޢުމަތެއްގެ ބޭނުން ރަނގަޅު ގޮތުގައި ކުރަމަށް ފަންނާއި ސަގާފަތާއި ތަރިކައިގެ ވަޒީރު ޔުމްނާ މައުމޫން އިލްތިމާސް ކުރަށްވައިފިއެވެ.

އެކަމަނާ އެމަގުން އިލްތިމާސް ކުރެއްވީ ކޯވިޑު ނަވާރައާއި ގުޅިގެން މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ނިންމައި، ބައެއް މީހުން މީސް މީޑިއާގައި ކޮށްފައިވާ ބައެއް ޕޯސްޓް ހިއްސާ ކުރައްވަމުން މިއަދު ކުރެއްވެވި ޓުވީޓެއްގައެވެ.

Ad
rt

ވަޒީރު ޔުމްނާ ވިދާޅުވީ މި ކަމުން އަރައިގަނެވޭނީ އެންމެން އެކުގައި މަސައްކަތް ކޮށްގެން ކަމަށެވެ.

ކޯވިޑު ނަވާރައިގެ މިހާލަތާއި ގުޅުވައިގެން އެކަމަނާ އިތުރަށް ވިދާޅުވެފައި ވަނީ ކޯވިޑް-19 ގެ ނުރައްކާތެރިކަން ބޮޑީ އުމުރުން ދުވަސްވީ މީހުންނަށާއި، ބޮޑެތި ބަލިތަކުގައި އުޅޭ މީހުންނަށާއި، ހަށިގަނޑުގެ ދިފާއީ ބާރު ދަށްވެފައވާ މީހުންނަށަށް ކަމަށްވާއިރު، އެ ފަދަ ފަރާތްތަކަށް ބޮޑަށް ރައްކާތެރިވެ އިތުރު އަޅައިލުން ދެއްވުން އެދިލައްވާ ކަމަށެވެ.

ރާއްޖެއިން މިހާތަނަށް ޖުމްލަ 245 މީހަކު ވަނީ ކޯވިޑް-19 އަށް ފައްސިވެފައެވެ. މިބަލިން ރާއްޖޭގައި ރަނގަޅު ވެފައިވަނީ 17 މީހުންނެވެ.