ރާއްޖޭގައި ފުރަތަމަ ފަހަރަށް ކޯވިޑް-19 ބަލީގެ ސަބަބުން މީހަކު ނިޔާވެފައިވާއިރު، އެމީހާ ހިނެވުމުގެ ކަންކަން ކުރިއަށް ގެންދާނީ އަންހެން ސިފައިން ކަމަށް ސަރުކާރުން ބުނެފިއެވެ. ރާއްޖޭގައި މިބަލީގައި ފުރަތަމަ ނިޔާވީ އަންހެނެކެވެ.

ނޭޝަނަލް އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަބުދު ﷲ އަމީން ވިދާޅުވީ މި މީހާއަކީ ކޮންޓެކްޓްރޭސިންގެ ތެރެއިން ފާހަގަވެ، ސާމްޕަލް ނަގާފައިވަނިކޮށް، މިއަދު މަރުވި 83 އަހަރުގެ، އާމިނަތު އާދަމު ކަމަށެވެ.

Ad
rt

ނިޔާވި އަންހެން މީހާ އަކީ މިބަލީގެ ކޭސް 126 އާއި ގުޅުން މީހެއް ކަމަށްވެސް މިނިސްޓަރު މިނިސްޓަރު ވިދާޅުވިއެވެ.

މިއަންހެން މީހާގެ ސާމްޕަލް ނަގާފައިވަނީ 28 ވަނަ ދުވަހުގެ ފަތިހު ކަމަށާއި، ނަތީޖާ ލިބުނު އިރު މިރޭ އެމީހާ ވަނީ ނިޔާވެފައި ކަމަށް މިނިސްޓަރު އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ސިފައިންތަކެއްވެސް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ މި ދަނޑިވަޅުގައި، ސިފައިން ތިއްބެވީ ޤައުމީ ޚިދުމަތުގައި މިމަސައްކަތުގައި ފުރިހަމައަށް އެއްބާރުލުން ދިނުން މަތީގައި ކަމަށެވެ.