ރާއްޖޭގައި ކޯވިޑް-19 ބަލި ޖެހުނު މީހުންގެ ޢަދަދު 245 އަށް އަރައިފިއެވެ.

އެޗްޕީއޭއިން އެންމެ ފަހުން ހާމަ ކުރި މައުލޫމާތުގައި ވާ ގޮތުން ކޭސް 230 އިން 245 ގައި ހިމެނެނީ 9 ބަންގްލަދޭޝް މީހުންނާއި، އިންޑިއާގެ 4 މީހަކާއި އަދި 3 ދިވެއްސެކެވެ.

Ad
rt

މިބަލިން ރާއްޖޭގައި 17 މީހުން ރަނގަޅު ވެފައިވާ އިރު މިވަގުތު ހޮސްޕިޓަލް ގައި އެޑްމިޓް ކުރެވިފައިވަނީ އެންމެ މީހެކެވެ.

ރާއްޖެއިން މިބައްޔަށް އެންމެ ގިނަ މީހުން ފައްސިވެފައި ވަނީ 115 މީހުން ފައްސިވެފައިވާ ބަންގްލަދޭޝް މީހުން ނެވެ. ރާއްޖޭގެ 94 މީހަކަށް މިބަލި ޖެހިފައިވާއިރު، އިންޑިއާ 17 މީހަކަށް، އިޓަލީ ވިލާތު 11 މީހަކަށް، ޕާކިސްތާނުގެ 2 މީހަކަށް، ލަންކާގެ 2 މީހަކަށް، އިނގިރޭސިވިލާތުގެ އެކަކަށާއި، ވަކި ޤައުމެއް ހާމަނުކުރާ ތިން މީހަކަށް ރާއްޖެއިން މިބަލި ޖެހިފައިވާ ކަމަށް ހެލުތު މިނިސްޓްރީގެ މައުލޫމާތުތަކުން ހާމަވެއެވެ.