އެފްއޭއެމަށް ފިޔަވަޅު އަޅަން މަޖިލީހަށް ހުށަހަޅައިފި
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އަށް ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. އެފްއޭއެމަށް ފިޔަވަޅު އަޅަން މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވީ އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަލީ އާޒިމެވެ. ޔޫތު މިނިސްޓްރީން އެފްއޭއެމްއަށް ފިޔަވަޅު އަޅާފައިނުވާތީ، މެދުހެންވޭރު ދާއިރާގެ މެމްބަރު ހުށަހެޅުއްވި މައްސަލަ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ބަލައިގަތީ 31 މެމްބަރުންގެ ވޯޓުންނެވެ. އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ކުޅިވަރުގެ ޤާނޫނާއި...