ޖިންސީ ކުށުގެ ޤާނޫނު މިހާރު އޮތްގޮތުން ޖިންސީ ޝިކާރައަށްވާ މީހުން، އެކަން ރިޕޯޓުކުރަން ޖެހިލުންވެ، ޖިންސީ އަނިޔާކުރާ މީހުން މުޖުތަމަޢަށް ދޫވާނެ ފުރުސަތު ބޮޑުވާތީ ޤާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމް ވަނީ ޖިންސީ ކުށުގެ ޤާނޫނުގެ 53ވަނަ މާއްދާއަށް 3 އަކުރެއް އިތުރުކުރުމަށް މަޖިލީހަށް ހުށައަޅުއްވާފައެވެ. މިއިސްލާޙުތަކުގެ އެންމެބޮޑު ބޭނުމަކީ މިހާރު ޤާނޫނު އޮތްގޮތުން ކުށުގެ ޝިކާރައަށްވި މީހާއާއި އޭނާގެ ނަފުސުގެ އަބުރުވެރިކަމާއި އަޚްލާޤާއި ކުށުގެ ތުޙުމަތު ކުރެވުމުގެ ކުރިން، ތުޙުމަތު ކުރެވޭ މީހާއާއި ކުށުގެ ޝިކާރައަށްވި މީހާއާ ދެމެދުއޮތް ގުޅުމާއި ހިނގާފައިވާ މުޢާމަލާތްތައް، ކުށުގެ ޝިކާރައަށްވި މީހާއާ ދެކޮޅަށް ބޭނުންކުރެވިދާނެ ހެކީގެ ގޮތުގައި އޮތުމުމެވެ.
ޖިންސީ ގޯނާކުރާ މީހުންނާ ދެކޮޅަށް ގިނަ މައްސަލަތަކެއް ފެންމަތިވަމުންދާ މިދަނޑިވަޅުގައި ޖިންސީ ގޯނާކުރުމާއި، ރޭޕްކުރުމުގެ މައްސަލަތަކެއް ފުލުހުންދަނީ ތަހުޤީޤު ކުރަމުންނެވެ.
މިދިޔަ ހުކުރު ދުވަހުގެރޭ ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީ އަނިޔާކުރިކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ ކޮމިޓީއަށްވެސް ހުށަހަޅައި އެޖެންޑާކޮށްފައިވާއިރު މިދިޔަ ހަފްތާ ފާހަގަކޯށްލެވެނީ މިފަދަ މައްސަލަތައް ގިނަ ހަފްތާއެއްގެ ގޮތުގައެވެ. އަދި މިއަދު ވަނީ13 އަހަރުގެ ކުއްޖަކަށް އެކުއްޖާގެ ބައްޕަ ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!