މި ވެރިކަމުގައި އިންސާފު ނުލިބޭތީ އެމްޑީޕީގެ ނަމުގައި ހއ. މުރައިދޫ ކައުންސިލްގެ އަންހެނުންނަށް ހާއްސަކުރެވިފައިވާ ގޮނޑިއަށް ވާދަނުކުރަން މިޢުނާ ޙަސަން (ހިޔަލީގެ / ހއ. މުރައިދޫ) ނިންމައިފި އެވެ.
މިއުނާގެ ފޭސްބުކްގައި މީގެ 2 ގަޑިއިރެއްހާއިރު ކުރިން ކުރި ޕޯސްޓެއްގައު ބުނެފައިވަނީ ސަރުކާރު ގެނައީ ގިނަ އުއްމީދުތަކަކާއެކު ނަމަވެސް ހީކުރި ގޮތަށް ކަންކަން ނުދާތީ އެމްޑީޕީގެ ޓިކެޓުގައި ވާދަ ނުކުރަން ނިންމާފައިވާކަމަށެވެ.
މީގެ އިތުރުން މިއުނާ ބުނެފައިވަނީ ސަރުކާރު ގެނައީ ހަމައެކަނި ކޮންކްރީޓް ތަރައްގީ ގެނައުމަށް ނޫންކަމަށާއި އިންސާފު ވެސް ލިބޭނެ ކަމުގެ އުއްމީދާއެކު ކަމަށެވެ. އެކަމަކު މިއަދާ ހިސާބަށް އައިއިރު ވެސް އޭނާ އުއްމީދުކުރި ގޮތަށް މީހުންނަށް އިންސާފު ނުލިބޭ ކަމަށް ވެސް ބުނެފައިވެއެވެ.
މިވީހާތަނަށް ބަލާއިރު ކުރީ ސަރުކާރުތަކެކޭ އެއްފަދައިން އިންސާފު ހޯދައިދިނުމުގައި މި މިސަރުކާރު މިވަނީ ފެއިލްވެފައި، ރޭޕްކުރުމާއި ޖިންސީ ގޯނާ ފަދަ މައްސަލަތަކާއި ގުޅިގެން އެއްވެސް ކަމެއް ކުރަމުންދާ މަންޒަރު ނުފެނޭ، އަހަރެން ދުވަހަކު ވެސް އަދި އަހަންނަށް ދުވަހަކު ވެސް ރޭޕިސްޓެއް އަދި އަނިޔާކުރާ މީހަކު ހިމާޔަތް ނުކުރެވޭނެ. ރޭޕް އާއި ޗައިލްޑް އެބިއުސްގެ ވިކްޓިމްސްއަށް އިންސާފު ނުލިބޭ އިރު ވެސް ކުށްކުރާ މީހުން، ހިމާޔަތް ކުރާ މީހުންނަކީ އެކުށް ކުރާ މީހުންނެކޭ އެއްފަދަ ބައެއް،"
އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލު އިންތިހާބަށް ވާދަކުރުމަށް ވެސް ލަދުވެތިވާ ކަމަށް ވެސް މިއުނާ ބުނެ އެވެ.
މިއުނާ ފާހަގަ ކުރެވިގެން ގޮސްފައިވަނީ އެމްޑީޕީގެ ކެންޕެއިންގައި ވަރަށް ހަރަކާތްތެރިކޮންނެވެ. މިއުނާ އަކީ ކުރިން ރާއްޖެ ޓީވީގައި ނޫސްވެރިއަކަށް މަސައްކަތް ކުރިފަރާތެއްކަން ފާހަގަކޮށްލެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!