ފުޓޯއިން ފެންނަން ތިހުރީ ސަލްޓަންޕާރކެއް ނޫނެއެވެ. ރިސޯޓެއްގެ ބަގީޗާއެއް ނޫނެއެވެ. މިއީ މުރާލި ބައެއްގެ އަމިއްލަ ވިސްނުމެކެވެ. މަސައްކަތްތެރިންގެ ހުނަރެކެވެ. މިއީ ހއ، ތުރާކުނުގެ ފެނަކަ ކޯޕަރޭސަންގެ ގޯތިތެރޭގައި ހައްދާފައިވާ ހިތްގައިމު ފެހިކަން ގަދަ ގުދުރަތީ ނަލަކަން ފެންނަން ހުރި ނަން ބޯޑެކެވެ. ލިޔެފައިއެވަނީ ރޭގަނޑުގެ ނާމާންކަމުން މުޅިއެރަށަށް އަލިކޮށްދެމުންއަންނަ "ފެނަކަ" ގައި ނަންބޯޑެވެ.

ތުރާކުނުގެ ފެނަކަ ބުރާންޗުން ފެންނަނީ އާދަޔާއި ހިލާފަށް ގަސް ހެއްދުމުގެ ހުނަރާއި ސައުވެރިކަމެކެވެ. މި ގޮތުން ހޯލުތެރެއަށް ވަދެގެންދާއިރު ފެންނަން ހުރީ ސީދާ ފެނަކައިގެ ހިތްގައިމު ނަން "ދުގެތި" ގަސްތަކަކުން އަޅާފައެވެ. މި ގަސްތަކުން ހާމަވާ މައިގަނޑު ކަމަކީ ތުރާކުނު ފެނަކަގައި މަސައްކަތް ކުރާ މުވައްޒިފުން ގަހަށް ހުރި ލޯތްބާއި އޯގާތެރިކަމެއެވެ. ހުރި ސައުގެވެ.

Ad
rt

މިގޮތުން ހއ ތުރާކުނުގެ ފެނަކަ ބްރާންޗް ހިންގުމާއި ހަވާލުވެ ހުރި އަހުމަދު ސައީދު "ތިލަދުން" އަށް ބުނީ ދެހާސް އެއްވަނަ އަހަރުން ފެށިގެން ހޯލުގައި ދުގެތި އިންދައިގެން އެއިރު ސްޓެލްކޯ ކިޔޭގޮތަށް ބައްޓަން ކޮންގެން ގަސް އިންދާ ހައްދާފައިވާނެ ކަމާށާއި މިހާރު އަލުން ފެނަކައިން ހިންގަން ފެށުމުން ދުގެތި ގަސް ބޭނުންކޮށްގެން ފެނަކަ ކިޔޭގޮތަށް ގަސްތައް އިންދާ ޑިއުޓީކުރާ ހުރިހާ މުވައްޒިފުން ވެގެން ބަލަހައްޓަމުން ދާކަމަށް އޭނާ ބުނިއެވެ.

" ދެހާސް އެއްވަނަ އަހަރުން ފެށިގެން ހޯލުގައި ދުގެތި އިންދައިގެން އެއިރު ސްޓެލްކޯ ކިޔޭގޮތަށް ބައްޓަން ކޮންގެން ގަސް އިންދާފައި ހުންނާނި. މިހާރު އަލުން ފެނަކައިން ހިންގަން ފެށުމުން ދުގެތި ގަސް ބޭނުންކޮށްގެން ފެނަކަ ކިޔޭގޮތަށް ގަސްތައް އިންދާ ޑިއުޓީކުރާ ހުރިހާ މުވައްޒިފުން ވެގެން ބަލަހައްޓަމުން މި ދަނީ "

އަހުމަދު ސައީދު ބުނެފައިވެއެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މި ކަހަލަ ބަގީޗާތައް ފެނެއެވެ. ބައެއް ގަސްތައް ވަށްކޮން ހެއްދުމާއި އެކި ބާވަތުގެ ތަކެތީގެ ސިފަތަކަށް ވެސް ގަސް ހައްދާފައި ހުޢްޓާ ފެނެއެވެ. މިއީ ވަރަށް ސައުގުވެރިވާ ފަދަ ހުނަރެކެވެ. އެހާ ބިޒީކޮން އުޅެމުން މިހާ ނަލަކޮން ފެންނަން ހުރީމަ ވަކިން ހާއްސަ ކަމަކަށް ވަނީވެފައެވެ.

ސަރުކާރު އިދާރާތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރާ މަސައްކަތްތެރިންގެ މުރާލިކަން ފެންނަ ކިތައްމެ މަންޒަރެއް ވަނީ އާންމުންނާއި ހަމައަށް ސޯސަލް މީޑިޔާތަކުން ފެނެއެވެ.

ފާހަގަވާ ކަމަކީ މިފަދަ ރީތި ގުދުރަތީ ނަން ބޯޑުގެ ބަގީޗާއެއް ހައްދާލެވޭނި ތަރުތީބުތަކެއް ގެންގުޅެގެންނެއެވެ. ވަކި ގޮތަކަށް ކޮށާ ގަސްތައް ބަލަހައްޓައިގެންނެވެ. ދުވަހުންދުވަހަށް ބޭނުންވާ ފެން ދީގެނެވެ.

ކޯވިޑް 19 އާއި ގުޅިގެން ދާދިފަހުން ތުރާކުނުގެ ފެނަކަ ބްރާންޗުން ވަނީ ރަށުގެ އެކި ސަރަހައްދުތަކުގައި ބަނބުކެޔޮ ގަސް އިންދުމުގެ ހަރަކާތެއްވެސް ބާއްވާފައެވެ.