ހއ. ކެލާ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ފަށައިފިއެވެ.

އެކުންފުނިން ތަރައްޤީކުރަމުން ދާ ކެލާ ބަނދަރު ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ މަޝްރޫޢުގެ ދަށުން 12،768 ކިއުބިކް މީޓަރު ޑްރެޖްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ. އަދި 30 މީޓަރުގެ ބްރޭކްވޯޓާ އާއި 220 މީޓަރުގެ ރިވެޓްމެންޓް މަސައްކަތް ކުރިއަށްދާއިރު 1،445 ސްކުއެއާ މީޓަރުގެ ޕޭވް އޭރިއާއެއްގެ މަސައްކަތްވެސް ކުރާނެއެވެ.

Ad
rt

އެމްޓީސީސީއަށް ހަވާލުކޮށްފައިވާ އެ ޕްރޮޖެކްޓަކީ 17.4 މިލިއަން ރުފިޔާއެވެ. އެ ޕްރޮޖެކްޓު ނިންމުމަށް ދީފައިވަނީ 410 ދުވަހެވެ.

އެމްޓީސީއާއި އެމަސައްކަތް ހަވާލުކޮށްފައި ވަނީ 30 ޖުލައި 2019 ގައެވެ. އަދި މަަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައި ވަނީ 13 ސެޕްޓެމްބަރ 2019 ގައެވެ.