50 މުވައްޒަފުންނަށްވުރެ ގިނައިން މަސައްކަތްކުރާ ކުންފުނިތަކުގައި ސީނިއަރ މެނޭޖްމަންޓުގައި 60 އިންސައްތަ ދިވެހި މުވައްޒަފުން ހިމަނަން އިވަންދޫ ދާއިރާގެ މެމްބަރު މުޙައްމަދު ޝިފާޢު ވަޒީފާއާބެހޭ ޤާނޫނަށް ހުށަހެޅި އިސްލާޙް އިޖުތިމާއީ ކޮމެޓީއިން ފާސްކޮށްފި އެވެ.

މި އިސްލާޙްގެ އިތުރަށް ޝިފާއު ވަނީ އިތުރު އިސްލާޙެއް ވެސް އެ ޤާނޫނަށް މިއަދު އޮތް އިޖުތިމާޢީ ކޮމެޓީއަށް ހުށަހަޅައި ފާސްކޮށްފައެވެ.

Ad
rt

ޝިފާޢު ހުށަހަޅުއްވައި އިޖުތިމާޢީ ކޮމެޓީއިން ފާސްކުރި ދެވަނަ އިސްލާޙަކީ 50 މުވައްޒަފުންނަށް ވުރެ ގިނައިން މަސައްކަތްކުރާ ކުންފުނިތަކުގައި މުވައްޒަފުންނާއި ބެހޭ ކަންކަން ބެލެހެއްޓުމުގައި އެންމެ އިސްކޮށް ހުންނަން ވާނީ ދިވެހި މުވައްޒަފެއް ކަމަށެވެ.

މި ދެ އިސްލާޙް ކޮމެޓީ މަރުހަލާއިން ފާސްވުމާއި ގުޅިގެން ޝިފާއު ވިދާޅުވީ "ދިވެހި ފަތުރުވެރިކަމުގެ ސިނާއަތުގެ ފުރިހަމަ މަންފާ ދިވެހިންނަށް ފުރިހަމައަށް ލިބެންޖެހޭނެ" ކަމަށެވެ.

ވަޒީފާތަކުގައި އެންމެ މަދުވެގެން ދިވެހިން ތިބެންޖެހޭ އަދަދެއް ކަނޑައަޅާފައި އޮންނަނީ ޓޫރިޒަމް ދާއިރާގެ ވަޒީފާތަކުގައި އެކަންޏެވެ. ޓޫރިޒަމް މިނިސްޓްރީން 2012 ވަނަ އަހަރު އަންގާފައިވާ އެންގުމެެއްގެ ދަށުން އެ އަދަދު މިހާރު އޮންނަނީ 45 ޕަސެންޓްގަ އެވެ.