ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ އަދި އެނބުރި ގައުމަށް ދާން ބޭނުންވާ ބަންގްލަދޭޝްގެ މީހުން ޤައުމަށް ފޮނުވާލުމަށް ސަރުކާރުން ކުރަށްވާ މަސައްކަތުގެ ތެރެއިން އިތުރު 200 މީހުން މިއަދު ފޮނުވާލައިފި އެވެ.

މި މީހުން ފޮނުވާލާފައި ވަނީ ބަންގްލަބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަށް މިއަދު ދިޔަ މޯލްޑިވިއަންގެ ފްލައިޓެއްގައެވެ.

Ad
rt

ބިދޭސީން އެ މީހުންގެ ގައުމަށް އަނބުރާ ފޮނުވާލުމަށް މިހާރު ކުރާ މަސައްކަތުގައި މި އަހަރު 20،000 ބިދޭސީން ފޮނުވާލެވޭނެ ކަމަށް، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް މިދިޔަ ޖުލައި މަހުގެ ތެރޭގައި ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގައި ކޯވިޑް-19 ފެތުރެން ފެށި ފަހުން މި މަހުގެ 17 ގެ ނިޔަލަށް 5،700 އަށް ވުރެ ގިނަ ބަންގްލަދޭޝް މީހުން އެ މީހުންގެ ގައުމަށް ގެންގޮސްފައިވާނެ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.

ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން އަނބުރާ ގައުމަށް ފޮނުވާލުމަށް، މޯލްޑިވިއަނުން މިހާތަނަށް ވަނީ ގިނަ ފްލައިޓްތަކެއް ބާއްވާފަ އެވެ. މިއީ އެ އެއާލައިނުން ކުރާ 33 ވަނަ ދަތުރެވެ.