ކޯވިޑް19 އަށް ޓެސްޓުކުރަމަށް މޯލްޑިވްސް ޕޮލިސް ސާރވިސަސްގެ ލެބޯޓްރީއަށް ޕީސީއާރް މެޝިނެއް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހަދިޔާކޮށްފިއެވެ.

އެސްޓީއޯގެ ފަރާތުން ޕޮލިސް ލެބަށް ޕީސީއާރް މެޝިން ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން އަމްރު އެވެ. އަދި މި މެޝިނާއި ޕޮލިސްއިން ހަވާލުވީ ފޮރިންސިކް ސަރވިސްގެ ޑައިރެކްޓޮރޭޓް އަބްދުﷲ އަހުމަދު އެވެ.

Ad
rt

އެސްޓީއޯ އިން ދާދިފަހުންވަނީ ޕީސީއާރް ދެ މެޝިން އައިޖީއެމްއެޗަށް ހަދިޔާކޮށްފައެވެ.

ރާއްޖެއިން މިހާތަނަށް ކޮވިޑަށް ޓެސްޓު ކުރުމަށް އެއް ލައްކަ އަށް ވުރެ ގިނަ ސާމްޕަލް ނަގާފައިވާއިރު، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އަންނަނީ ބޮޑުތަނުން އިތުރުވަމުންނެވެ. އެގޮތުން އިއްޔެ އެކަނި ވެސް މި ބައްޔަށް ރާއްޖެއިން ވަނީ 178 މީހަކު ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މިހާތަނަށް 7،000 އަށް ވުރެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވެފައިވާއިރު، 4561 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. މިހާރު ފަރުވާ ދެމުން އަންނަނީ 2636 މީހުންނަށް ކަމަށްވާއިރު 28 މީހަކު ވަނީ ނިޔާވެފައެވެ.