އަކްރަމް އިސްތިއުފާ ދެއްވައިފި
އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އަހުމަދު އަކްރަމް މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެޑްރެސްކޮށް އަކްރަމް މިއަދު ފޮނުވި ސިޓީގައި ބުނެފައިވަނީ، އީސީގެ މެމްބަރުކަމުން އިސްތިއުފާ ދެއްވާފައިވާ ކަމަށެވެ. އީސީގެ މެމްބަރުކަމުން އަކްރަމް އިސްތިއުފާ ދީފައިމިވަނީ، އަކްރަމް ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފާސްކޮށްފައިވަނިކޮން ނެވެ. އަކްރަމް ރައީސްއަށް ފޮނުވި ސިޓީ ވަނީ މީސްމީޑިޔާގައި ހިއްސާކުރައްވާފަ އެވެ. އެސިޓީގަ...