ގދ. ތިނަދޫގައި ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތް ކޮށް، އެ މައްސަލާގައި ތުހުމަތު ކުރެވޭ 4 މީހަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން ބުނީ ތިނަދޫގައި މީހަކު ރަހީނުކޮށްފައިވާ މައްސަލައެއް މިއަދު ހަވީރު ރިޕޯޓްކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ރަހީނުކޮށްފައިވާ މީހާ ސަލާމަތްކޮށްފައި ވާކަމަށް ފުލުހުން ބުންޏެވެ.
އެ މީހާ ރަހީނުކުރި ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. އެ މައްސަލާގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 27 އަހަރުގެ މީހަކާއި 38 އަހަރުގެ މީހަކާއި 45 އަހަރުގެ މީހަކާއި 52 އަހަރު މީހެކެވެ.
އެ މައްސަލާގެ ތުހުމަތުގައި ހައްޔަރު ކުރި ހަތަރު މީހުންނަކީ ވެސް ދިވެހި ފިރިހެނުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!