އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލް މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖްލިސްއަށް ހުށަހަޅަން މަސައްކަތް ނުކުރަށްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ކުރިއަށް ގެންދަވާ ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ނެވެ.

Ad
rt

''ފައްޔާޒު ވަކިކުރުމަށް އަޅުގަނޑު މަޖިލީހަށް ކަމެއްލާކަށް ނޫޅެމު، އަޅުގަނޑުމެން ދެކޭގޮތުގައި އަޅުގަނޑުމެން ޕާޓީގެ އެތެރޭގެ ބަހުސްތައް ހިންގަންޖެހޭ، އެބަހުސްތަކަކީ އެމްޑީޕީގެ އެކިއެކި ގުނަންތަކުގެ ތެރޭގައި ހިނގަމުންދާނެ ބަހުސްތައް، އެއީ ޤައުމީ މަޖިލިސްގައި، ޤައުމީ ހިންގާ ކޮމެޓީގައި އަދި އެމްޑީޕީގެ ކޮންގްރެސްގައި އެހެން އޮވެއްޖެއްޔާމު''

ރައީސް ނަޝީދު ވިދާޅުވި އެވެ.

''ވަކި ވަޒީރަކާއިމެދު އަޅުގަނޑޫމެން ރުހޭތޯ، ނުރުހޭތޯ އަދި ސަރުކާރަށް އެންމެ ރަނގަޅު ގޮތަކީ ކޮބައިތޯ، ކޮބާތޯ ޕާޓިއަށް އެންމެ ރަނގަޅު ގޮތަކީ، ކޮބާތޯ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތަކީ، ކޮންއިރެއްގައި ކޮންވާހަކައެއްތޯ އަޅުގަނޑު ފާހަގަ ކުރާން ޖެހެނީ، އެއީ އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ މަސްއޫލިއްޔަތަކީ، އަޅުގަނޑު މިތަނަށް ހުއްޓި މިހުންނަނީ އެނގިވަޑައިގަންނަވާނެ ތިރީހަކަށް އަހަރުއްސުރެ ފަހަތުގައިވާ ވަރަށްބޮޑު މާޒީއަކާއި އެކީގައި''

ރައީސް ނަޝީދު ވިދާޅުވި އެވެ.

އެއްވެސްތަނެއްގައި އެއްވެސް ކަމެއް ގޯސްކޮށް ހިނގާނަ އެވާހަކައެއް ދެއްކުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއްކަމަށް ދެކިވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އެމަނިކުފާނު އިސްކޮށް ހުންނަވައިގެން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާޢީލްގެ އިތުބާރުގެ މައްސަލައެއް މަޖިލީހަށް ވެއްދުމުގެ މަސައްކަތް ފަށިކަމަށް ކުރިން ވަނީ އަޑުތައް ފެތުރިފަ އެވެ.