ހދ. ކުމުންދޫއިން ބިދޭސީއަކު ޕޮޒިޓިވް ވެއްޖެ އެވެ.
ކުމުންދޫ ސިއްހީ މަރުކަޒުން ބުނެފައިވަނީ ހޯމް ކަރަންޓީންގެ މުއްދަތު ހަމަވުމުން (17 ނޮވެމްބަރު 2020) ވަނަ ދުވަހު ސާންޕަލް ނެގި ފަރާތެއް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.
ކުމުންދޫ ކައުންސިލްގެ ރައީސް އަމީން މިޙައްމަދު ވިދާޅުވީ، އެމީހާ އަކީ ބަންގުލަދޭގެ ރައްޔިތެއް ކަމަށާއި އެމީހާ އަކީ އެރަށު މީހެއްގެ މުވައްޒިފެއް ކަމަށެވެ. އަދި އެމީހާ ރާއްޖެ އައިސްފައިވަނީ ހަނިމާދޫ މަގުން ކަމަށެވެ.
މިހާރު ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 12،355 އަށް އަރާފައެވެ. މިވަގުތު ބަލި ޖެހިފައި ތިބި މީހުންގެ އަދަދަކީ 915 އެވެ. އޭގެ ތެރެއިން، 63 މީހުންނަށް ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންދާއިރު، 317 މީހަކު އައިސޮލޭޝަން ފެސިލިޓީތަކުގައި އެބަތިއްބެވެ.
މީހުން ދިރިއުޅޭ 10 ރަށެއްގައި ކޯވިޑަށް ޕޮޒިޓިވް މީހުން ތިބި އިރު، 28 ރިޒޯޓެއްގައި 52 ޓުއަރިސްޓުންނާއި، 88 މުވައްޒަފުން ބައްޔަށް ޕޮޒިޓިވްވެފައި އެބަތިއްބެވެ.
މިހާތަނަށް ރާއްޖެއިން ކޯވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ބަލިން ރަނގަޅުވެފައި ވަނީ، 11،388 މީހުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!