ފުނަދޫ ކައުންސިލުން އިންތިޒާމްކޮށްގެން އެރަށުގައި މޫދު ކަސްރަތު ކިލާސްތަކެއް ފަށަން ނިންމައިފިއެވެ.
މި ފެބްރުއަރީ މަހުގ 17 އިން ފެށިގެން 15 ދުވަހުގެ މުއަދަތަށް ކުރިއަށް ގެންދަން ނިންމާފައިވާ މި ކިލާސްތައް ކުރިއަށް ގެންދަން ހަމަޖައްސާފައި ވަނީ އެރަށުގެ އެއާޕޯޓްގެ ދެކުނުން އޮންނަ ނިކަގަސް ބީޗް ސަރަޙައްދުގައެވެ.
މި ކިލާސްތައް ޚާއްޞަކޮށްފައި ވަނީ ފުނަދޫގެ ކަނބަލުން ނަށެވެ. އަދި މިކިލާސް ތަކުގައި ބައިވެރި ވެވޭނީ އުމުރުނ 18 އަހަރު ފުރިފައިވާ ނަމައެވެ.
މި ކިލާސްތަކުގައި ބައިވެރިވުމަށް އިތުރުމައުލޫމާތު ހޯދުމަށ 9790808 ފޯނާ ގުޅުމަށް އެ ކައުންސިލުން އެދެއެވެ.
ށ. ފުނަދޫ ކައުންސިލަކީ ވަރަށް ހަރަކާތްތެރި ކައުންސިލެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކައުންސިލެކެވެ.
ރައްޔިތުންގެ ދުޅަހެޔޮކަންމަތީ، ފުރިހަމަ ސިއްހަތެއްގައި ދިރިއުޅުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދަނީ މިފަދަ ކިލާސްތައް ހިންގަމުންނެވެ. މީގެކުރީން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންއެންޑީއެފް) އިނާއި، މޯލްޑިވްސް ޕޮލިސް ސާވިސްއިން ވެސް މިފަދަ ކިލާސްތަކެއް ރާއްޖޭގެ އަތޮޅުތަކުގެ އެކި ރަށްރަށުގައި ކުރިއަށް ގެންދަވާފަ ވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!