ށ. ކަނޑިތީމުގައި އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ގެ ކޯސްތައް ފެށުމަށް ނިންމާފައިވާ ކަމަށް ކަނޑިތީމު ކައުންސިލުން ބުނެފިއެވެ.
އެ ކައުންސިލުން ކުރި ޢިއުލާނެއްގައި ބުނީ އެރަށުގައި އައިޔޫއެމްގެ ކޯސްތަކެއް ކުރިއަށް ގެންދަން އެކައުންސިލުން ނިންމާފައި ވާކަމަށެވެ.
މިގޮތުން އެރަށުގައި އެ ޔުނިވަސިޓީގެ 5 ކޯހެއް ހިންގަން ނިންމާފައިވާ ކަމަށް އެ ކައުންސިލުން ބުނެއެވެ، އެ ކޯސްތަކަކީ:
- ސެޓްފިކެޓް 3 އިން ޤިރާއަތުލް ޤުރުއާން
- ސެޓްފިކެޓް 2 އިން ޤިރާއަތުލް ޤުރުއާން
- ސެޓްފިކެޓް 1 އިން ޤިރާއަތުލް ޤުރުއާން
- ޢަރަބިކް ލޭންގްއޭޖް ލެވެލް 1،2،3
- އެޑްވާންސް ސެޓްފިކެޓް އިން ބިޒްނަސް މެނޭޖްމަންޓަ
މި ކޯސްތަކުގައި ބައިވެރިވާން އެދޭ މީހުން މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު 14:00ގެ ކުރިން 9843594 ނަންބަރަށް މެސެޖް ކުރުމަށް އެ ކައުންސިލުން އެދެއެވެ. އަދި އެ ކޯސްތަކާއި ގުޅޭ އިތުރު މައުލޫމާތު ވެސް އެ ނަންބަރަށް މެސެޖް ކުރުމުން ލިބޭނެ ކަމަށް އެ ކައުންސިލުން ބުނެއެވެ.
އައިޔޫއެމް އިން ވެސް މިހާރު ވަނީ މިއަހަރުގެ ޖޫންމަހު އެ ޔުނިވަސިޓީގައި ފަށާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!