Skip to main content

ޔުމްނާ ޢަލީ

Writer
🇲🇻 ތިލަދުން Desk
10,448 Stories
2,689 Reads

Published on ތިލަދުން (Thiladhun) by ޔުމްނާ ޢަލީ

ޗައިނާއިން ވެސް 200،000 ޑޯޒް ވެކްސިން ހަދިޔާ ކުރަނީ
Raajje

ޗައިނާއިން ވެސް 200،000 ޑޯޒް ވެކްސިން ހަދިޔާ ކުރަނީ

ރާއްޖެއަށް އެކިގޮތް ގޮތުން ގިނަ އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ޗައިނާ ސަރުކާރުން ރާއްޖެއަށް އިތުރު 100،000 ޑޯޒް ކޯވިޑް ވެކްސިން ހަދިޔާ ކުރަން ނިންމައިފިއެވެ. ޗައިނާ އިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޖޭންގް ލިޖޮންގް، ހުސްވި ފެބްރުއަރީ މަހުގެ 4 ވަނަ ދުވަހު ވަނީ އެ ގައުމުގެ ސަރުކާރުން ދިވެހި ރައްޔިތުންނަށް 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް ވިދާޅުވެފަ އެވެ. މީގެއިތުރުން، އިތުރު 100،000 ޑޯޒްގެ ވެކްސިން ހަދިޔާ ކުރަން ނިންމާފައިވާ އިއްޔެ، […]

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 64 އަށް!
Raajje

ކޯވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ޢަދަދު 64 އަށް!

ހުއްޓުމެއްނެތި ފެތުރެމުންދާ ކޯވިޑް ބަލީގައި ރާއްޖެއިން އިތުރު މީހަކު ނިޔާވެ، އެބަލީގައި ނިޔާވި މީހުންގެ ޖުމްލަ ޢަދަދު 64 އަށް އަރައިފިއެވެ. މިއަދު ނިޔާވެފައިވަނީ ޢުމުރުން 78 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާއަކީ ބޮޑެތި ބަލިތަކަށް ފަރުވާދެމުން އައި މީހެކެވެ. އޭނާ ނިޔާވެފައިވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން އަންނަނިކޮށެވެ. މި ބަލީގައި އިއްޔެ ވެސް ވަނީ މީހަކު ނިޔާވެފައެވެ. އެ ބަލީގައި އިއްޔެ ނިޔާވީ، ދިގުމުއްދަތަކަށް ސިފައިންގެ ބޭކަލެއްގެ ގޮތުގައި ޚިދުމަތް ކުރެއްވުމާއެކު، ދައ...

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކޮށްފި
Raajje

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް ބޭފުޅަކު ޢައްޔަންކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމުގެ މަޤާމަށް މާފަންނު ރަންވަރަ، އަލްއުސްތާޛާ ޚަދީޖާ ނަޢީމް ޢައްޔަންކުރައްވައިފިއެވެ. އެ ޓްރައިބިއުނަލްގެ ޤާނޫނީ ދާއިރާގެ މެންބަރުގެ ގޮތުގައި ޢައްޔަންކުރައްވާފައިވާ ޚަދީޖާ ނަޢީމަކީ، ނޭޝަނަލް ލޯ ސްކޫލް އޮފް އިންޑިއާ ޔުނިވަރސިޓީއިން ބިޒްނަސް ލޯގެ ދާއިރާއިން މާސްޓަރސް އޮފް ލޯ ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. ޚަދީޖާ ނަޢީމް އެންމެ ފަހުން ފުރުއްވާފައި ވަނީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ ލީގަލް އޮފިސަރގެ...

ދިއްދޫން ދެ މީހަކު ޕޮޒިޓިވް ވެއްޖެ
Thiladhunmathi News

ދިއްދޫން ދެ މީހަކު ޕޮޒިޓިވް ވެއްޖެ

ހއ. ދިއްދޫގައި ހޯމް ކަރަންޓީނުގައި ތިބި 2 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިިވް ވެއްޖެއެވެ. އެމީހުން ޕޮޒިޓިވްވެފައިވާކަން އެނގުނީ ހޯމް ކަރަންޓީނުގެ 10 ދުވަސް ހަމަވެގެން ނެގި ރިލީޒް ސާމްޕަލުންނެވެ. ދިއްދޫގައި ހުންނަ ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވީ، މިފަހަރު ޕޮޒިޓިވްވި ދެ މީހުންނަކީ ހޯމް ކަރަންޓީނު ނިންމި 8 މީހެއްގެ ތެރޭން ދެ މީހެއް ކަމަށެވެ. ޕޮޒިޓިވްވީ ދެ ދިވެހީންނެވެ. އެ މައުލޫމާތު ހާމަކުރަށް ވަމުން، ދިއްދޫ ކައުންސިލުން ވިދާޅުވީ، ދިއްދޫއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުން […]

ކައުންސިލް އިންތިޚާބު: ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި
Raajje

ކައުންސިލް އިންތިޚާބު: ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފި

އަންނަ މަހު 10 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ގަލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީވެފައިވާ ތަން ނޫން އެހެން ތަނެއްގައި ވޯޓުލާން ބޭނުންވާ ފަރާތްތަކަށް ރީ-ރެޖިސްޓްރޭޝަންގެ ފުރުޞަތު ހުޅުވާލައިފި އެވެ. މިގޮތުން އިލެކްޝަންސް ކޮމިޝަން (އީސީ)އިން ރީ-ރެޖިސްޓްރޭޝަނަށް ހުޅުވާލައިފައި ވަނީ މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. އެ މުއްދަތުގައި ރަޖިސްޓަރީވާން ހުށަހަޅާނީ ހަތަރެއް އޭޕްރީލް 2020 ވީ ހޮނިހ...

ބާރަށް މޮނިޓަރިންގައި، މިލަންދޫން މޮނިޓަރިން އުވާލައިފި
Thiladhunmathi News

ބާރަށް މޮނިޓަރިންގައި، މިލަންދޫން މޮނިޓަރިން އުވާލައިފި

ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު އެއްފަހަރާ ޕޮޒިޓިވްވުމާއި ގުޅިގެން އިއްޔެ ހއ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސްފައިވާއިރު، ޕޮޒިޓިވް ކޭހަކާއި ގުޅިގެން މޮނިޓަރިންނަށްލީ ށ. މިލަންދޫން މޮނިޓަރިން އުވާލައިފިއެވެ. ބާރަށް މޮނިޓަރިން ހާލަތަށް ގެނެސް ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްފެށީ އިއްޔެއެވެ. ރޭ ވެސް އެ މަސައްކަތް ކުރިއަށް ދިޔަ ކަމަށް ހއ. އަތޮޅު ހޮސްޕިޓަލުން ވިދާޅުވިއެވެ. އެރަށުން ބަޔަކު ޕޮޒިޓިވްވިކަން އެނގުނީ އިއްޔެ ރެޔެއެވެ. އެ އެންމެންނަކީ ވެސް ހޯމްކަރަންޓީނު ނިންމައި، ނެގި ރިލީޒް ސާމްޕަލުން [...

ބާރަށުން އެއްފަހަރާ 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ
Thiladhunmathi News

ބާރަށުން އެއްފަހަރާ 9 މީހަކު ކޯވިޑަށް ޕޮޒިޓިވްވެއްޖެ

ހއ. ބާރަށު ހޯމް ކަރަންޓީނުގައި ތިބި 9 މީހަކު ކޯވިޑް-19 އަށް ޕޮޒިޓިވްވެއްޖެ އެވެ. ބާރަށު ހޯމް ކަރަންޓީނުގައި ތިބި ނުވަ މީހަކު ކޯވިޑަށް ޕޮޒިޓިވްވެފައިވާކަން ހއ. އަތޮޅު ހޮސްޕިޓަލުން ވަނީ ”ތިލަދުން”އަށް ކަށަވަރުކޮށް ދެއްވާފަ އެވެ. އެ މީހުން ޕޮޒިޓިވްވިކަން އެނގުނީ ކަރަންޓީނުގެ މުއްދަތު ހަމަކޮށް، ނެގި ރިލީޒް ސާމްޕަލުންނެވެ. އެ މީހުންގެ ސާމްޕަލް ނެގީ އިއްޔެ ހެނދުނުއެވެ. އެމީހުން ޕޮޒިޓިވްވިކަން އެނގުނީ ރޭގެ ވަގުތެއްގަ އެވެ. މިއީ އެއްކޮށް ކަރަންޓީނުގައި ތިބި ނުވަ މީހުންނެވެ. އެ ނުވަ […]

މުލި އެއާޕޯޓު މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއަށް
Raajje

މުލި އެއާޕޯޓު މަޝްރޫޢުގެ މަސައްކަތް އެމްޓީސީސީއަށް

މ. މުލީގައި ސަރުކާރުން ތަރައްޤީކުރާ އެއާޕޯޓް އެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)އާއި މިއަދު ހަވާލުކޮށްފި އެވެ. މިއެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އާދަމް އާޒިމެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ހަވާލުކުރި މި މަޝްރޫޢުގެ ދަށުން މުލީ އެއަރޕޯޓްގެ މަސަ...

ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ބީލަމަށް ހުޅުވާލައިފި
Thiladhunmathi News

ކެލާގައި ފަތުރުވެރިކަން ތަރައްގީ ކުރަން 14 ބިމެއް ބީލަމަށް ހުޅުވާލައިފި

ހއ. ކެލާގައި ގެސްޓްހައުސް ތަރައްގީކޮށް ހިންގަން 12 ބިމެއް އަދި ސިޓީ ހޮޓާ ތަރައްގީކޮށް ހިންގަން 2 ބިމެއް، ބީލަމަށް ހުޅުވާލައިފިއެވެ. އެ ފުރުޞަތު ހުޅުވާލައި މިއަދު ކެލާ ކައުންސިލުން ކުރި ޢިއުލާންގައި ވަނީ އެ ބިންތަކުގައި ގެސްޓް ހައުސް، ސިޓީ ހޮޓާ ތަރައްޤީކޮށް ހިންގަން ޝައުގުވެރިވާ ފަރާތްތަކުން، ކެލާ ކައުންސިލުން ބާއްވާ މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވާން ދައުވަތު ދީފައެވެ. އެ ސެޝަން އޮންނާނީ އަންނަ މާރިޗް މަހުގެ 11 ވަނަ ދުވަހުގެ 13:00 ގައެވެ. […]

ހަނިމާދޫ ރިހެބުގައި ހުއްޓާ ނިޔާވި ޒުވާނާގެ ސާމްޕަލް ނެގެޓިވް
Raajje

ހަނިމާދޫ ރިހެބުގައި ހުއްޓާ ނިޔާވި ޒުވާނާގެ ސާމްޕަލް ނެގެޓިވް

ހދ. ހަނިމާދޫގައި ގާއިމުކޮށްފައި ހުންނަ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރއިން ފަރުވާ ހޯދަން ގޮސް ހުއްޓާ މިއަދު ނިޔާވި ޒުވާނާގެ ސާމްޕަލް ކޯވިޑަށް ނެގެޓިވް ކަމަށް ހަނިމާދޫ ކައުންސިލުން ވިދާޅުވެއްޖެ އެވެ. ހަނިމާދޫ ކައުންސިލްގެ ވަގުތީ އެސްޖީ އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ އެ ޒުވާނާ ކޯވިޑަށް ޓެސްޓް ކުރުމަށް ނެގި ސާމްޕަލް ނެގެޓިވް ކަމަށެވެ. އަދި މިހާރު މަސައްކަތް ކުރަމުން ދަނީ ހަށިގަނޑު މާލެ ފޮނުވާލުމުގެ މަސައްކަތް ކަމަށް އޭނާ ވިދާޅުވިއެވެ. އެ […]

ހަނިމާދޫ ރިހެބުގައި ހުރި ޒުވާނަކު ނިޔާވެއްޖެ
Thiladhunmathi News

ހަނިމާދޫ ރިހެބުގައި ހުރި ޒުވާނަކު ނިޔާވެއްޖެ

ހދ. ހަނިމާދޫގައި ގާއިމުކޮށްފައި ހުންނަ ޑްރަގް ޑީޓޮކްސިފިކޭޝަން އެންޑް ކޮމިޔުނިޓީ ރިހެބިލިޓޭޝަން ސެންޓަރއިން ފަރުވާ ހޯދަން ގޮސްހުރި ޒުވާނަކު ނިޔާވެއްޖެއެވެ. ހަނިމާދޫ ކައުންސިލްގެ ވަގުތީ އެސްޖީ އިބްރާޙީމް ޢަލީ ”ތިލަދުން”އަށް ވިދާޅުވީ އެ ޒުވާނަ ނިޔާވެފައިވާ ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގަތީ 11:45 ހާއިރު ކަމަށެވެ. މިވަގުތު ހަނިމާދޫގައި ތިއްބަވާ ފުލުހުންނާއި، ހަނިމާދޫ ސިއްހީ މަރުކަޒުގެ ޓީމެއް އެތަނުގައި ހަރަކާތްތެރިވަމުންދާ ކަމަށް އިބްރާޙީމް ވިދާޅުވިއެވެ. ”ކުއްލި ގޮތަކަށް އެކުއްޖާ މި ނިޔާވީ،...

ތ.އަތޮޅުގެ ފުރަތަމަ ފަތާ ޓްރެކް ތިމަރަފުށީގައި
Raajje

ތ.އަތޮޅުގެ ފުރަތަމަ ފަތާ ޓްރެކް ތިމަރަފުށީގައި

ތ. އަތޮޅުގެ ރަށެއްގައި އެންމެ ފުރަތަމަ ގާއިމުކުރެވުނު ފަތާ ޓްރެކް އެއަތޮޅު ތިމަރަފުށީގައި ގާއިމުކޮށް، ބޭނުން ކުރަން ފަށައިފިއެވެ. މިއީ ޗައިނާ ސަރުކާރުން އެރަށަށް ހަދިޔާކުރި ފަތާ ޓްރެކެކެވެ. ތ. ތިމަރަފުށީގައި އެއަތޮޅުގެ ފުރަތަމަ ފަތާ ޓްރެކް ގާއިމުކޮށް ބޭނުން ކުރަން ފެށިކަން ރައްޔިތުންގެ މަޖިލިސްގައި ތިމަރަފުށި ތަމްސީލް ކުރަށްވާ މެންބަރު އަދި ކުރީ ކޮމިސަނަރ އޮފް ޕޮލިސް، ޢަބުދުﷲ ރިޔާޟް ވަނީ ޓްވީޓާގައި ހިއްސާ ކުރަށްވާފަ އެވެ. މިގޮތުން އެކަން ހާމަކުރަށްވާ އޭނާ ކުރެއްވި ޓްވީޓްގައި […]

ހޯމްކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މިލަންދޫ މީހާ، 7 މީހަކާއި ބައްދަލުވި!
Thiladhunmathi News

ހޯމްކަރަންޓީނުގައި ހުއްޓާ ޕޮޒިޓިވްވި މިލަންދޫ މީހާ، 7 މީހަކާއި ބައްދަލުވި!

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާއާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި 7 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް މިލަންދޫ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ. އެކަން ހާމަކޮށްފައި ވަނީ އެ ސިއްޙީ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު މެންދުރުކުރި ޕޯސްޓެއްގަ އެވެ. ”23 ފެބްރުއަރީ 2021 ވަނަ ދުވަހު، މިލަންދޫއިން ހޯމް ކަރަންޓީނު ފުރިހަމަ ކުރި ފަރާތެއް ކޯވިޑް19 އަށް ފައްސިވުމާއި ގުޅިގެން، އޭނާއާއި ޑައިރެކްޓް ކޮށްޓެކްޓުވި 7 މީހުންގެ […]

ރިސޯޓް ތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެެ އިތުރު ދެ ބެޗުގެ ކިޔެވުން ނިމިއްޖެ
Raajje

ރިސޯޓް ތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްގެެ އިތުރު ދެ ބެޗުގެ ކިޔެވުން ނިމިއްޖެ

ރިސޯޓުތަކުގެ އިމާމުން ތަމްރީނު ކުރުމުގެ ޕްރޮގުރާމުގެ ދެވަނަ އަދި ތިންވަނަ ބެޗުގެ ކިޔެވުން ނިމިއްޖެއެވެ. އޮންލައިން ޕްލެޓްފޯމެއް ކަމުގައިވާ ޒޫމް މެދުވެރިކޮށް ހިންގާ މި ޕްރޮގްރާމްގެ މި ދެ ބެޗްގެ ކިޔެވުން ކުރިއަށް ގެންގޮސްފައި ވަނީ 01 ޖަނަވަރީ 2021 ވަނަ ދުވަހުން ފެށިގެން 16 ފެބުރުވަރީ 2021 ވަނަ ދުވަހުގެ ނިޔަލަށެވެ. މިނިސްޓރްީ އޮފް އިސްލާމިކް އެފެއާޒްއިން ވިދާޅުވީ، މި ތަމްރީނު ޕްރޮގްރާމަކީ މިނިސްޓްރީ އޮފް ޓޫރިޒަމް ގެ އެދިވަޑައިގަތުމާ އެކު އެ މިނިސްޓްއިން ކުރިއަށްގެންދާ […]

ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެ، މިލަންދޫ މޮނިޓަރިންނަށް
Thiladhunmathi News

ހޯމް ކަރަންޓީނުގައި ހުރި މީހެއް ޕޮޒިޓިވްވެ، މިލަންދޫ މޮނިޓަރިންނަށް

ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންނަށް ލައިފިއެވެ. މިލަންދޫ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަޙްމަދު ޝިޔާމް ”ތިލަދުން”އަށް ވިދާޅުވީ، އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވިކަން އެނގުނީ އުސޫލާއެއްގޮތަށް ކަރަންޓީނު ފުރިހަމަކޮށްނެގި ރިލީޒް ސާމްޕަލުން ކަމަށް އޭނާ ވިދާޅުވިއެވެ. ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވް ވުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ)އިން އެރަށް މޮނ...