ތ. އަތޮޅުގެ ރަށެއްގައި އެންމެ ފުރަތަމަ ގާއިމުކުރެވުނު ފަތާ ޓްރެކް އެއަތޮޅު ތިމަރަފުށީގައި ގާއިމުކޮށް، ބޭނުން ކުރަން ފަށައިފިއެވެ. މިއީ ޗައިނާ ސަރުކާރުން އެރަށަށް ހަދިޔާކުރި ފަތާ ޓްރެކެކެވެ.

ތ. ތިމަރަފުށީގައި އެއަތޮޅުގެ ފުރަތަމަ ފަތާ ޓްރެކް ގާއިމުކޮށް ބޭނުން ކުރަން ފެށިކަން ރައްޔިތުންގެ މަޖިލިސްގައި ތިމަރަފުށި ތަމްސީލް ކުރަށްވާ މެންބަރު އަދި ކުރީ ކޮމިސަނަރ އޮފް ޕޮލިސް، ޢަބުދުﷲ ރިޔާޟް ވަނީ ޓްވީޓާގައި ހިއްސާ ކުރަށްވާފަ އެވެ.

Ad
rt

މިގޮތުން އެކަން ހާމަކުރަށްވާ އޭނާ ކުރެއްވި ޓްވީޓްގައި ވަނީ އެ ފަތާ ޓްރެކް ތިމަރަފުއްޓަށް ހަދިޔާކޮށްދެއްވީތީ، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގްއަށް، ތިމަރަފުށީ ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރަށްވާފަ އެވެ.

މީގެ އިތުރުން ރިޔާޟް ވަނީ އެ ފަތާ ޓްރެކް އެރަށަށް ހޯދައި، ރައްޔިތުންނަށް ބޭނުންކުރެވޭގޮތް ހެދުމުގައި ތިމަރަފުށީ ކައުންސިލުން އަދާކުރި ދައުރު ފާހަގަކޮށް، އެ ކައުންސިލަށް މަރުޙަބާ ދަންނަވާފަ އެވެ.

ރިޔާޟް ވިދާޅުވީ، އެ ފަތާ ޓްރެކަކީ ތިމަރަފުށީ ކައުންސިލުން ރާއްޖޭގައި ގާއިމުކޮށްފައި ހުންނަ ޗައިނާ އެމްބަސީގައި އެދިގެން ހޯދި ފަތާ ޓްރެކެއް ކަމަށެވެ.

ތިމަރަފުށި ފަތާ ޓްރެކް

ތިމަރަފުއްޓަށް ޗައިނާ ސަރުކާރުން ފަތާ ޓްރެކެއް ހަދިޔާކޮށްފައިވާއިރު، އެ ޤައުމުން އަންނަނީ ރާއްޖޭގެ އިތުރު ރަށްތަކަށް ވެސް ފަތާ ޓްރެކް ހަދިޔާ ކުރަމުންނެވެ. މީގެ އިތުރުން ވެސް ޗައިނާއިން އަންނަނީ ގިނަ ރޮނގު ތަކަކުން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.