ށ. މިލަންދޫގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭނާއާއި ސީދާ ބައްދަލުވި މީހުންގެ ގޮތުގައި 7 މީހެއްގެ ސާމްޕަލް ނަގާފައިވާ ކަމަށް މިލަންދޫ ސިއްހީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

އެކަން ހާމަކޮށްފައި ވަނީ އެ ސިއްޙީ މަރުކަޒުގެ ރަސްމީ ފޭސްބުކް ޕޭޖްގައި މިއަދު މެންދުރުކުރި ޕޯސްޓެއްގަ އެވެ.

Ad
rt

''23 ފެބްރުއަރީ 2021 ވަނަ ދުވަހު، މިލަންދޫއިން ހޯމް ކަރަންޓީނު ފުރިހަމަ ކުރި ފަރާތެއް ކޯވިޑް19 އަށް ފައްސިވުމާއި ގުޅިގެން، އޭނާއާއި ޑައިރެކްޓް ކޮށްޓެކްޓުވި 7 މީހުންގެ ސާންޕަލްވަނީ ނެގެޓިވް ވެފައެވެ.''- މިލަންދޫ ސިއްހީ މަރުކަޒުން ބުނެފަ ވެއެވެ.

މިލަންދޫގައި ހޯމް ކަރަންޓީނުގެ މުއްދަތު ފުރިހަމަކުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވުމާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ)އިން ރޭ 8:05 ގައި އެރަށް ވަނީ މޮނިޓަރިން ހާލަތަށް ގެނެސްފައެވެ.