ށ. މިލަންދޫގައި ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވްވެ، އެރަށް މޮނިޓަރިންނަށް ލައިފިއެވެ.
މިލަންދޫ ކައުންސިލްގެ ޒިންމާދާރު އިސްވެރިޔާ އަޙްމަދު ޝިޔާމް ''ތިލަދުން''އަށް ވިދާޅުވީ، އެރަށު ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. އަދި އޭނާ ޕޮޒިޓިވްވިކަން އެނގުނީ އުސޫލާއެއްގޮތަށް ކަރަންޓީނު ފުރިހަމަކޮށްނެގި ރިލީޒް ސާމްޕަލުން ކަމަށް އޭނާ ވިދާޅުވިއެވެ.
ހޯމް ކަރަންޓީނުގައި ހުރި މީހެއް ކޯވިޑަށް ޕޮޒިޓިވް ވުމުން، ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ)އިން އެރަށް މޮނިޓަރިންނަށްލީ ސަބަބާއި ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެރަށުން ޕޮޒިޓިވްކޭހެއް ފެނުމުން އިތުރަށް ބަލަންޖެހޭ ކަންކަން ބެލުމަށް ރަށް މޮނިޓަރިންނަށްލީ ކަމަށެވެ.
''ޕޮޒިޓިވްވި މީހާއާއި ބައްދަލުވިކަމަށް ބުނާ މީހުންގެ ސާމްޕަލްތައް ނަގައި ފޮނުވުމުގެ މަސައްކަތް މިދަނީ ކުރަމުން''- އޭނާ ވިދާޅުވިއެވެ.
އަޙްމަދު ޝިޔާމް އިތުރު މަޢުލޫމާތެއް ނުދެއްވައެވެ.
އެޗްޕީއޭއިން އެރަށް މޮނިޓަރިން ހާލަތަށް ގެނައީ މިރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!