ކުޅުދުއްފުށިން ނެގި ސާމްޕަލްތައް ނެގެޓިވް: ކޭއާރުއެޗް
ކޯވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި، ނެގި 133 ސާމްޕަލެއް ނެގެޓިވް ކަމަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) އިން ބުނެފިއެވެ. ކޭއާރުއެޗްއިން ބުނީ އެ 133 ސާމްޕަލްގެ ތެރޭގައި ހިމެނެނީ، ރިލީޒް ސާމްޕަލްއާއެކު މި ދެ ދުވަހު ކުޅުދުއްފުށިންނާއި ކައިރި ބައެއް ރަށްރަށުން ޕޮޮޒިޓިވް ވި ކޭސްއާ ގުޅިގެން ނެގިފައިވާ ސާމްޕަލްތައް ކަމަށެވެ. މި ހާތަނަށް ޕޮޒިޓިވް ވީ ކޭސްތަކާ ގުޅިގެން 200 ސާމްޕަލް ވަނީ ނެގިފައިވާ ކަމަށާއި، އޭގެތެރެއިން 70 ސާމްޕަލް ނެގެޓިވް ކަމަށް އެ ހޮސްޕިޓަލުން […]