ހއ. މާރަންދޫއާއި، އެ އަތޮޅު ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ މިއަދު އަޅައިފިއެވެ.
މާރަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ އަޅުއްވައި ދެއްވީ ފެނަކައިގެ އެމްޑީ އަޙްމަދު ސައީދާއި، އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާއުއެވެ.
އެ އޮފީސް އިމާރާތް ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ލަކީ ހިޔާ މޯލްޑިވްސް ޕްރެއިވެޓް ލިމިޓެޑާއެވެ.180 ދުވަސް ތެރޭ ނިންމަން ހަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ3،134،640.67 ރުފިޔާއެވެ.
ފެނަކައިން ރަށްރަށުގައި ކުރަމުންދާ މަސައްކަތްތައް ގާތުން ބައްލަވައިލައްވައި، ހައްލު ހޯދަން ޖެހޭކަންކަން އަވަސް ކުރުމުގެ ގޮތުން ފެނަކައިގެ އެމްޑީ ހއ. އަށް ކުރަށްވަމުން ގެންދަވާ ދަތުރުގައި ތަކަންދޫ ފެނަކަ އާ އޮފީހުގެ ބިންގާ ވެސް މިއަދު އަޅާފައިވާއިރު، މިއަދު އިތުރު ބައެއް ރަށްރަށަށް ވެސް އެމްޑީ ސައީދު ވަޑައިގެން އެރަށްރަށުގައި ކުރެވެމުންދާ މަސައްކަތްތައް ވަނީ ގާތުން ބައްލަވާ ލައްވާފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!