އިދިކޮޅުން ދައްކާނެ ވާހަކައެއް ނެތުމުން އެންޓި ކެމްޕޭން ކުރިނަމަވެސް، އިދިކޮޅު ކެނޑިޑޭޓުންނަށް ރައްޔިތުން ވޯޓު ދޭންޖެހޭނެ ސިޔާސަތެއް ނެތްކަމަށާއި، އަދި ސިޔާސަތެއް ނެތް ބަޔަކަށް ރައްޔިތުން މިހާރު ވޯޓެއް ނުލާނެ ކަމަށް ކުޅުދުއްފުށީ ސިޓީގެ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާ މުޙައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.

އާތިފް ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ، ކުޅުދުއްފުށީ މީހުންނަކީ ތަންދޮރު އެގި ދުނިޔެއަށް ލޯ ހުޅުވިފައި ތިބި ބައެއް ކަމަށެވެ. އަދި އިދިކޮޅު ކެންޑިޑޭޓުންނަށް ގޮތް ހުސްވުމުން ދައްކާނެ ވާހަކަ ހުސްވެ، ދެން އޮންނާނީ އެންޓި އެމްޕޭން ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

''ކުޅުދުއްފުށީ މީހުންނަކީ ތަންދޮރު އެގި ދުނިޔެއަށް ލޯ ހުޅުވިފައި ތިބި ބައެއް، އިދިކޮޅުން ގޮތް ހުސްވެ ދައްކާނެ ވާހަކައެއް ނެތުނީމާ ދެން ކުރަން އޮންނާނެ ކަމަކީ އެންޓި ކެމްޕޭން ކުރުން، އޭތި މިހާރު ވޯކެއް ނުކުރާނެ، ސިޔާސަތެއް ނެތް ބަޔަކަށް ރައްޔިތުން މިހާރު ވޯޓެއް ނުލާނެ.'' އާތިފް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ، ކުޅުދުއްފުށީ ސިޓީގެ ގޮނޑިތަކަށް ވާދަކުރާ އެމްޑީޕީގެ ކެންޑިޑޭޓުން ނުކުމެތިބީ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނެވުނު 8 ވަނަ އިސްލާހާ ގުޅިގެން ކައުންސިލަށް ލިބިދޭބާރާ، ކައުންސިލްތަކަށް ކުރެވޭނެ ކަންތަކާ ނުކުރެވޭނެ ކަންތަކާވެސް އެނގިތިބެ ކަމަށެވެ.

''އަޅުގަނޑުމެން މިދައްކަނީ މި ސިޓީ ތަރަށްގީ ކުރާ ވާހަކަ، އަޅުގަނޑުމެން މިދަށްކަނީ މި ސިޓީގެ ތަރައްގީގެ ޕްލޭނެއް ހަދާ ވާހަކަ، އަޅުގަނޑުމެން މިދަށްކަނީ މި ސިޓީގެ ލޭންޑްޔޫސް ޕްލޭން ހަދާ ވާހަކަ، އަޅުގަނޑުމެން މިދަށްކަނީ މި ސިޓީގެ ރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރާނެ ކަންކަމުގެ ވާހަކަ، އަޅުގަނޑުމެން މިދަށްކަނީ މި ސިޓީގެ ރައްޔިތުންނަށް ބޯހިޔާވެހިކަން ފޯރު ކޮށްދޭ ވާހަކަ''އާތިފް ވިދާޅުވިއެވެ.

މިއަހަރުގެ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެރޭ، ރަށްވެހި ފަތިސް ކެމްޕޭން ރީ ލޯންޗިންގ ޖަލްސާގައި އާތިފް ދެއްކެވި ވާހަކާގައި ވަނީ އެމްޑީޕީގެ ސިޓީކައުންސިލް ވެގެން ދާނީ ޒިންމާދާރުކަމާއެކު ދެފުއްފެންނަ ސިޔާސަތެއް ތެރެއިން ހިނގާނެ ޒަމާނީ ސިޓީ ކައުންސިލަށް ކަމަށް ވިދާޅުވެފަ އެވެ.

''ސްމާޓް ސިޓީ ކޮންސެޕްޓަށް ކައުންސިލް އޮޓޮމޭޓްކުރެވި ހިތުމަތްތައް ރައްޔިތުން ގާތަށް ގެނެސްދެވޭނެ، ސިޓީއެއްގެ ކުރިއެރުމާއި ތަރައްގީ ބިނާވެގެން ވަނީ ސަރުކާރާއެކު ކައުންސިލް ކުރާ މަސައްކަތަކުން، މި އުފެދޭ ސިޓީ ކައުންސިލާއެކު އަޅުގަނޑުމެންނަން ފެނިގެން މި ދަނީ ކުޅުދުއްފުށީގެ ތަރައްގީގެ އާ ޒަމާނެއް''- އާތިފް ވިދާޅުވިއެވެ.

އެ ޖަލްސާގައި އޭނާ ދެއްކެވި ވާހަކާގައި ވަނީ ކުޅުދުއްފުށީގައި އުފެދިގެންދާ ސިޓީ ކައުންސިލުން ކުރާނެ އެންމެ ފުރަތަމަ މަސައްކަތަކީ، ކުޅުދުއްފުށީ ސިޓީގެ ތަރައްޤީގެ ޕްލޭނެއް އެކުލަވާލުން ކަމަށް ވިދާޅުވެފައެވެ. އަދި އެ ސިޓީގައި ބިމުގެ ދަތިކަން އިންތިހާއަށް އެބައޮތް ކަމަށާއި، ރައްޔިތުންގެ ހިޔާލާއި ފަންނީ ބޭފުޅުންގެ ލަފަޔާއެކު ލޭންޑް ޔޫސް ޕްލޭނެއް އެކުލަވާލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.