ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު އަލުން ހުޅުވާލިފަހުން މިހާތަނަށް ރާއްޖޭގެ 149 ރިސޯޓެއް ހުޅުވައި ޚިދުމަތް ދެމުންދާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ކޯވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށްފައި އޮތުމަށްފަހު، 110 ފަހުން އަލުން ރާއްޖޭގެ ބޯޑަރު ހުޅުވާލީ މި ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އަދި އޮކްޓޫބަރު މަހުގެ 15 ގައި ވަނީ ގެސްޓްހައުސްތައް ވެސް ހުޅުވާލާފަ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ރާއްޖޭގައި މުޅި ޖުމްލަ 159 ރިސޯޓެއް އަންނަނީ ހިންގަމުންނެވެ.
މީގެތެރެއިން 149 ރިސޯޓް މިހާރު ވަނީ ކޯވިޑަށް ފަހު އަލުން ހުޅުވާފައެވެ. އެހެންކަމުން މިހާތަނަށް ނުހުޅުވާ އޮތީ 10 ރިސޯޓެވެ.
އެ ރިސޯޓުތަކަކީ:
- ކެނަރީފް ރިސޯޓް މޯލްޑިވްސް
- ވަކަރުފަޅި އައިލެންޑް ރިސޯޓް
- ޕާމް ބީޗް ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
- ރިހިވެލި އައިލެންޑް ރިސޯޓް އެންޑް ސްޕާ
- މާޔަފުށި ޓޫރިސްޓް ރިސޯޓް
- އަލިމަތާ އެކުއެޓިކް ރިސޯޓް
- ސަންގްރިލާސް ވިލިނގިލި ރިސޯޓް އެންޑް ސްޕާ މޯލްޑިވްސް
- ސަފާރީ އައިލެންޑް (މެރީނާ)
- އާވީ ނޭޗާސް ޕެރެޑައިސް
- ފާރުފުށި މޯލްޑިވްސް
ކޯވިޑަށްފަހު އަލުން ހުޅުވާލި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހިމެނޭ ރިސޯޓްތަކުގެ އޮކިއުޕަންސީ ރަނގަޅު ނަމްބަރުތަކުގައި ހިފެހެއްޓިފައި ހުރިއިރު، މައުލޫމާތު ލިބޭގޮތުގައި ގިނަ ރިސޯޓްތަކެއްގެ އޮކިއުޕަންސީ ހުރީވެސް ފުލްކޮށެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 243979 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!