އިނގިރޭސިވިލާތުގައި ކުރިއަށްދިޔަ އޮފިސަރ ކެޑޭޓް ކޯހުން އެއްވަނަ، ދިވެހި ސިފައިންގެ އޮފިސަރެއް ކަމަށްވާ، ސަރޖަންޓް ފިރުޝާނާ ތައުފީގު ހޯދައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑަމީ ސޭންޑްހާސްޓް ގައި ކުރިއަށް ގެންދިޔަ އޮފިސަރ ކެޑޭޓް ކޯހުގައި ބައިވެރިވި ސާޖަންޓް ފިރުޝާނާ ތަޢުފީޤު އެ ކޯހުން ބެސްޓް އިންޓަރނޭޝަނަލް ދަރިވަރަކަށް ހޮވިފައިވާ ކަމަށެވެ.

Ad
rt

މިއީ މި ކޯހުގައި ސިފައިންގެ ކަނބަލެއް ބައިވެރިވި ފުރަތަމަ ފަހަރު ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ސާޖަންޓް ފިރުޝާނާގެ ކާމިޔާބު ފާހަގަކުރައްވާ ޑިފެންސް މިނިސްޓަރު މާރިޔާ އަޙުމަދު ދީދީއާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލްވެސްވަނީ ޓްވީޓް ކުރަށްވާ، ފިރުޝާނާއަށް މަރުޙަބާ ދަންނަވާފަ އެވެ.

ޝަމާލް ވަނީ މިއީ އެމްއެންޑީއެފްއަށާއި ރާއްޖެއަށް ފަޚުރުވެރި ވަގުތުކޮޅެއްކަން ފާހަގަކުރައްވާފައި، ފިރުޝާނާއަކީ ޝަރަފްވެރި ސޭންޑްހާސްޓްގައި ތަމްރީނުވުމުގެ ފުރުސަތު ލިބުނު ފުރަަތަމަ އަންހެން އޮފިސަރުކަންވެސް ފާހަގަ ކުރަށްވާފަ އެވެ.