ސިމެންތި ބަރުކޮށްގެން ދަތުރުކުރި ކޮޅުވެއްޓި އެއް ބަންޑުން ޖަހާލައިފިއެވެ.

މިއީ މާލެ އިން ފުރައިގެން ޅ. މާބިންހުރައަށް ދަތުރު ކުރި ޗަމްޕާ ހޯލްޑިންގްސް 35 ފޫޓްގެ ކޮޅުވެއްޓިއެކެވެ. މި ކޮޅުވެއްޓީގައި 2 ކޮންޓޭނާ ސިމެންތި ހުއްޓެވެ.

Ad
d

މި ކޮޅުވެއްޓި ބަންޑުން ޖަހާލައިފައިވަނީ ޅ. މާފިލާފުށި ކައިރިންނެވެ.

އެމްއެންޑީއެފުން ވިދާޅުވީ މި ކޮޅުވެއްޓި ބަންޑުންޖަހާލިކަމުގެ ރިޕޯޓު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ) އަށް ލިބިފައި ވަނީ ރޭ މެންދަމުން އަނބުރާ 2:45 ހާއިރު ކަމަށެވެ.

ރިޕޯޓް ލިބުމާއެކު އެމްއެންޑީއެފް ނޮދަން އޭރިއާ ކޯސްޓްގާޑުން ވަނީ އެ ސަަރަހައްދަށް ގޮސް ހަރަކާތްތެރި ވެފައެވެ. އަދި މިއަދު ހެނދުނު 06:51 ހާއިރު މި ކޮޅުވެއްޓި ވަނީ އެއްކޮށް އަޑިއަށް ގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ބަންޑުންޖަހާލި ކޮޅުވެއްޓީގައި 4 ފަޅުވެރިއަކު ތިއްބެވެ. އެއީ ބަންގްލަދޭޝްގެ 3 މީހަކާއި ދިވެއްސެކެވެ.

Ad
df

މި ހާދިސާގައި އެއްވެސް ފަޅުވެރިއަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.