އައްޑޫ ސިޓީގައި ތޫނު އެއްޗަކުން ހަމަލާދީ، މީހަކު ޒަހަމު ކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ، އައްޑޫ ސިޓީ ފްލެޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލާފައިވާ ކަމަަށެވެ.

Ad
rt

އެ މާރާމާރީގައި އަނިޔާ ވީ 29 އަހަރުގެ ފިރިހެނަކަށްކަމަށް ފުލުހުން ވިދާޅުވިއެވެ.

އެމީހާ މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެމީހާއަށް ލިބުނު އަނިޔާއަށް ފަރުވާ ދެމުންދާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

އެ މައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާއިރު، ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.